20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ނަމަވެސް ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން ގޮތެއް ނުނިންމާ މަޖިލީހުގެ ރައީސްގެ މަޤާމަށް މެމްބަރަކު އައްޔަންކުރާނީ ޕާޓީ ލެވެލްގައި މަޝްވްރާކުރުމަށް ފަހުކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަޤާމަށް މެމްބަރަކު އައްޔަންކުރުމަށް އަދި މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާކަމަށާއި މެމްބަރަކު ކަންޑައަޅާނީ ޕާޓި ލެވެލްގައި މިކަމާއި ގުޅޭ މަޝްވަރާތައް ކުރުމަށްފަހުގައިކަމަށެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސީދާ ޕީއެންސީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓަކު ގޮނޑި ކާމިޔާބު ކުރި އެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން 11 ކެންޑިޑޭޓުންނަށް ސަރުކާރުން ތާއިދުކޮށްފައިވެއެވެ. އަމިއްލަ ގޮތުން ވާދަކޮށް ގޮނޑި ކާމިޔާބުކޮށްފައިވާ 7 ކެނޑިޑޭޓުން މިހާރު ޕީއެންސީއަށް ސޮއި ކޮށްފައިވާިއިރު، އެ ޕާޓީ ތަމްސީލު ކުރާނެ 73 މެމްބަރުން މަޖިލީހުގައި ތިބޭނެ އެވެ. އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެވެ.

