ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި އެމްޑީޕީ ދެމި އޮންނާނެ: ރައީސް ސާލިހު

ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުހައްމަދު ސާލިހު. ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު މައިި ޕާޓީގެ ގޮތުގައި އޮވެ، އެމްޑީޕީއިން މަސައްކަތްތެރިންގެ ހައްގުތައް ކަވަރުކޮށްދެއްވާނެކަމަށް އެ ޕާޓީގެ އެޑްވައިޒަރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ސާލިހު ވަނީ ދުވަހުގެ ތަހުނިއްޔާ އަރިސް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރަން ކުރިއަށް ގެންދިޔަ ހަރަކާތްތައް ލީޑްކުރުމަކީ އެމްޑީޕީން ފަޚުވެރިވާކަމެއްކަމަށެވެ.

އެގޮތުން މަސައްކަތްތެރިންގެ ރައްކާތެރިކަން ޔަގީން ކޮށްދެވިފައިވާކަމަށާއި، އޭގެ ތެރޭގައި އެންމެ ކުޑަކޮށް ދެވޭ އުޖޫރަ ޔަގީންކޮށްދިނުންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެމްޑީޕީއިން މަސައްކަތްތެރިންގެ ހައްގުތައް އެންމެ ފުރިހަމައަށް ކަށަވަރުކޮށްދިނުމުގައި ދެމި ތިއްބަވާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ގޮވާލައި ރާއްޖޭގައި އެންމެ ފުރަތަމަ ބޮޑު ހިނގާލުމެއް ބޭއްވީ 2006 ވަނަ އަހަރު އެވެ. އެއީ އޭރު އެމްޑީޕީއާއި މަސައްކަތްތެރިން ގުޅިގެން ހިންގި ބޮޑު ހަރަކާތެކެވެ. އޭގެ ފަހުން ކޮންމެ އަހަރެއްގެ ވެސް މޭއި މަހުގެ 1 ވަނަ ދުވަސް ފާހަގަ ކުރުމަށާއި، ހައްގުތައް ވަކާލާތު ކުރުމަށް އެކި ހަރަކާތްތައް ވަނީ ބާއްވާފަ އެވެ.

އެންމެ ފުރަތަމަ މަސައްކަތްތެރިންގެ ހައްގުތަކަށް ވާކާލާތު ކުރަން ފެށިއިރު ރާއްޖޭގައި މަސައްކަތުގެ މާހައުލުގެ މާބޮޑު ރައްކާތެރިކަމެއް އަދި ހައްގުތަކެއް ދެވިފައި ނެތެވެ. އަދި ގާނޫނާއި ގަވައިދުތަކެއްގެ ސިފައިގައި ވެސް ހުންނަ ކަންބޮޑުވުންތަކާއި ޝަކުވާތައް ހައްލު ކުރެވޭނެ އެއްވެސް ނިޒާމެއް އޮތީ ނުގެނެވި އެވެ.

އޭގެ ފަހުން މިވީ އަހަރުތަކުގެ ތެރޭގައި މިނިވަން ވޭޖާއި، އިތުރު ގަޑީގެ ފައިސާ އަދި ވަޒީފާ އަދަކުރުމުގައި މުވައްޒަފަށް ލިބިގެންވާ ހައްގުތައް ވަނީ ގެނެވިފަ އެވެ. އެކަމަކު އަދިވެސް މިހާތަނަށް އައިއިރު މަސައްކަތުގެ ރައްކާތެރިކަމާއި، އުޖޫރަ އަދި އިތުރު ގަޑީގެ ފައިސާ ނުދިނުމުގެ މައްސަލަ ބޮޑެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: