ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް ގައުމުތައް އެއްވެ މަޝްވަރާ ކުރުން މުހިންމު: ތޯރިގު

އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

މޫސުމީ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް ގައުމުތައް އެއްވެ މަޝްވަރާ ކުރުން މުހިންމުކަމަށް އެންވައިރޮމެންޓް މިނިސްޓަރ އިބްރާހިމް ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މޫސުމީ ބަދަލުތަކަށް ހައްލު ހޯދަން ރާއްޖެ ނަމޫނާ ދައްކާނެކަން އަބަދުވެސް ދިވެހި ރާއްޖެއިން ބޮޑެތި ފޯރަމްތަކުގައި ފާހަގަކުރެ އެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ ކުދި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު އެކަމަށް ކުރަން ޖެހޭ މަސައްކަތް ގިނަކަމަށް ބުނެފައި ވެއެވެ.

އެންއޭޕީ ގްލޯބަލް ނެޓްވޯކްގެ އެހީގެ ދަށުން، ޕިއަރ ލާނިންގް ކޮހޯޓް އޮން ނެޝަނަލް އެޑެޕްޓޭޝަން ޕްލޭނިންގްގެ ނަމުގައި ކޯލިޝަން އޮފް ލޯ ލައިންގް އެޓޯލް ނޭޝަންސް އޮން ކްލައިމެޓް ޗޭންޖް (ސީއޭއެންސީސީ) ގެ މެންބަރުން ހިމެނޭހެން މިއަދު ވޯކްޝޮޕެއް ފެށިއިރު މި ބައްދަލުވުމުގައި ވެސް މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ކުދި ގައުމުތަކަށް ކުރާ އަސަރުތަކުގެ މައްޗަށް މަޝްވަރާ ކުރާނެ އެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި ވޯކްޝޮޕްގައި ރާއްޖޭގެ އިތުރުން ސީ.އޭއެންސީސީގެ މެންބަރު ގައުމުތަށް ކަމުގައިވާ ކިރިބާސް، މާޝަލް އައިލެންޑްސް، ޓޮކަލައު އަދި ޓުވަލޫ އިން މި ހަރަކާތުގައި ބައިވެރިވެއެވެ.

ސީއޭއެންސީސީ އަކީ ލޯ-ލަޔިންގް އެޓޯލް ނޭޝަންސް ގެ 5 ގައުމު އެކުވެ، މޫސުމީ ބަދަލުތަކާއި ގުޅިގެން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ކުރެވިދާނެ ކަންކަން މަޝްވަރާކޮށް، އެ ގައުމެއްގެ ތަޖުރިބާގެ އަލީގައި ދެމެހެއްޓެނިވި އުސޫލުތަކެއްގެ ޚިޔާލު ބަދަލުކުރުމަށް ހަރަކާތްތެރިވާ ކޯލިޝަނެކެވެ.

ބަނޑޮސްގައި އިފްތިތާހު ކުރި މި ވޯކްޝޮޕް ވެގެންދާނީ ރާއްޖެ ކަހަލަ އަތޮޅު ހިމެނޭ ސީއޭއެންސީސީގެ 5 ގައުމުގެ މެދުގައި، މޫސުމީ ބަދަލުތަކުން ދިމާވާ ގޮންޖެހުންތަކާއި ލިބޭ ފުރުސަތުތަކާމެދު ވާހަކަދެކެވި، އެންއޭޕީގެ ދަށުން ރޭވިފައިވާ ކަންކަން ހިއްސާ ކުރެވި، އަތޮޅުތަކަށް ދިމާވާ މޫސުމީ އެކި މައްސަލަތައް ހައްލު ކުރުމުގެ ކެޕޭސިޓީ އިތުރު ކުރެވިގެންދާނެ ފޯރަމަކަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ތޯރިގު ވިދާޅުވީ ދުނިޔެ ހޫނުވަމުން ދިއުމުގެ ސަބަބުން ޖަޒީރާ އަތޮޅުތައް ހުންނަ ގައުމުތަކުގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް މަދުކުރުމަށް ގައުމުތަކުން އެއްވެ ހިންގޭ މިފަދަ ވޯކްޝޮޕްތައް މޫސުމީ ބަދަލުތަކަށް ތައްޔާރުވެ ތިބުމަށް ކުރެވިގެންދާ ވަރަށް މުހިންމު ކަމެކެވެ.

އަތޮޅުތައް ހިމެނޭ ގައުމުތަކަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހިފައިވާ ގައުމުތަކެވެ. މި ވޯކްޝޮޕްގެ ސަބަބުން ގައުމުތަކުގެ ގުޅުން އިތުރަށް ވަރުގަދަވެ، އެއް ގައުމު އަނެއް ގައުމާ ޚިޔާލު ބަދަލު ކޮށް، މަޢުލޫމާތާއި ތަޖުރިބާ ހިއްސާ ކުރެވިގެންދާނެ ކަމަށް އެން.އޭ.ޕީ ގްލޯބަލް ނެޓްވޯކްގެ ހެޑް، އޯވިލް ގްރޭ މިއަދުގެ ހަފްލާގައި ފާހަގަކުރައްވާފައިވެއެވެ.

ސީއޭއެންސީސީ ގައުމުތަކުގެ ޖުމްލަ 35 މެންބަރުން ބައިވެރިވާ މި ތިން ދުވަހުގެ ހަރަކާތުގާ ރާއްޖޭގައި މޫސުމީ ބަދަލުތަކާ ކުރިމަތި ލުމަށް އަޅަމުންދާ ފިޔަވަޅުތަކާއި ކުރެވިފައިވާ ތަޖުރިބާތައްވެސް ހިއްސާ ކުރެވިގެންދާނެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: