ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސައްކަތްތެރިންނަށް ހަމަހަމަކަމާއި، ހައްގުތައް ކަށަވަރުކޮށް ދޭން ޖެހޭ: ޝަމާހު

މިފްކޯގެ އެމްޑީ ސަމާހު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު ފާހަގަކުރަމުން ދާ މަސައްކަތްތެރިންގެ ދުވަސް ހަނދާންކޮށްދެނީ މުވައްޒަފުންނަށް ލިބިގެންވާ ހައްގުތަކާއި ފޯރުކޮށް ދޭން ޖެހޭ ރައްކާތެރި މާހައުލުކަމަށް މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހު ރަޝީދު ވިދާޅުވެއްޖެ އެވެ.

ޝަމާހު އާންމު ކުރެއްވި މެސެޖެއްގައި ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރިން ދުވަހު އެންމެހާ ރައްޔިތުނަށް ދަވަހުގެ ތަހުނިޔާ އަދާކުރާކަމަށެވެ. މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަން ކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ޝަމާހު ވިދާޅުވީ ކާމިޔާބުގެ ބިންގަލަކީ މަސައްކަތްތެރިންކަމަށެވެ. އަދި މުސްތަޤުބަލު ބައްޓަން ކޮށްދެއްވުމަށް މަސައްކަތްތެރިންގެ ކުރާ މަސައްކަތަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ޝަމާހު ވިދާޅުވީ މިދުވަސް ހަނދާންކޮށްދެނީ މަސައްކަތުގައި ދޭން ޖެހޭ ރައްކާތެރިކަމާއި ހަމަހަމަ އުސޫލުން ކުރަން ޖެހޭ މަސައްކަތް ކަމަށެވެ.

މި ދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައިހަމަޖައްސައި ފާހަގަކުރަން ފެށީ 2011 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަދުވަހު އެވެ.
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފެށިފައިވަނީ، ވަޒިފާ އަދާކުރާ މަސައްކަތްރެރިންގެ ޙިދުމަތުގެ އަގު ވަޒަންކުރުމާއި، އެމީހުންގެ އައްގުތައް ހޯދުމަށް ވަކާލާތުކުރާ ދުވަހެއްގެ ގޮތުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: