ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ސަރުކާރުން ގެނައި އެންމެ ބޮޑު އިންގިލާބީއަކީ އިންޑަސްޓްރިއަލް ރިލޭޝަން ގާނޫނު: އެމްޑީޕީ

އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެންމެ ބޮޑު އިންގިލާބީ ބަދަލަކީ އިންޑަސްޓްރިއަލް ރިލޭޝަނާއި ގުޅޭ ގާނޫނެއް ގެނައުންކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީއިން ބުނެފި އެވެ.

މިއަދު ފާހަގަކުރަމުން ދާ މަސައްކަތްތެރިންގެ ދުވަހުގެ އެންމެ ބޮޑު އެއް ހިއްސާއެއް އޮތީ އެމްޑީޕީގެ އެވެ. 2006 ވަނަ އަހަރުގެ ތެރޭގައި މަސައްކަތްތެރިންގެ ހައްގުތަކަށް ގޮވާލައި، ބޮޑު ހަރަކާތަކަށް ނިކުމެފައި ވަނީ އެމްޑީޕީގެ ބައިވެރިވުމާއި އެކު އެވެ. އެ ދުވަސްވަރު އެމްޑީޕީން ވަކާލާތު ކުރީ މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ލިބިގެންވާ ހައްގުތައް ކަށަވަރު ކުރުމަށެވެ.

ގާނޫނެއްގައި މުވައްޒަފުންނާއި މަސައްކަތްތެރިންގެ ހައްގުތައް ލިޔެވިގެން އައީ އޭގެ ފަހުންނެވެ.

މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުވައި އެމްޑީޕީން އާންމު ކުރި ބަޔާނުގައި ބުނީ ދިވެހިންނަކީ އަބަދުވެސް ހީވާގި މަސައްކަތްތެރި ބައެއްކަމަށެވެ. އަދި މަސައްކަތްތެރިންނަށް ލިބެހެންޖެހޭ ފުރިހަމަ ހިމާޔަތް ހޯދައި ދިނުމުގައި އެމްޑީޕީ އަބަދުވެސް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެކަމަށް ބަޔާނުގައި ވެއެވެ.

އެމްޑީޕީން ވަނީ މަސައްކަތްތެރިންގެ ހައްގުތަކަށް އަހުމިއްޔަތު ދިނުމުގެ މަގުސަދުގައި 2008 ވަނަ އަހަރު ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޕާޓީގެ ސަރުކާރުން ފެށިގެން ކޮންމެ އަހަރެއްގައި މެއި 1 ވަނަ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅުމާއި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމަށް ތަފާތު އެކި ސިޔާސަތުތަށް ތަންފީޒު ކުރިކަން ފާހަގަކޮށްފައެވެ.

މީގެއިތުރުން އެމްޑީޕީގގެ 2 ވަނަ ސަރުކާރުގައި އެ ސިޔާސަތުތަށް އިތުރަށް ހަރުދަނާކޮށް ތަންފީޒު ކުރެވުނުކަން ފާހަގަކުރި އެވެ. ބަޔާނުގައި ބުނެފައި ވަނީ ވަޒީފާ އަދާކުރާ އަންހެނުންނަށް ހާއްސަކޮށް 6 މަސްދުވަހުގެ މެޓާނިޓީ ލީވް ދިނުމުގެ ސިޔާސަތު ތަންފީޒު ވެގެން ދިޔައީވެސް އެ ޕާޓީގެ ވެރިކަމިގައި ކަމށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: