ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގުގެ ވިޔަފާރިކޮށް ހަށިވިއްކި އިތުރު ޓެލެގްރާމް ގުރޫޕެއް ފުލުހުންގެ ބާރުގެ ދަށަށް!

އިތުރު ޓެލަގްރާމް ގުރޫޕެއް ފުލުހުން ސީލް ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑެތި ކުށްތަކަށް އަރައިގަނެ، ޓެލެގްރާމް ގުރޫޕެއް މެދުވެރިކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ އިތުރު ޗެނަލެއް ފުލުހުން ހުއްޓުވައިފި އެވެ.

މަސްތުވާތަކެތި ވިއްކައި، ހަށިވިއްކުމުގެ ވިޔަފާރިކޮށް ކުށްތަކަށް އަރައިގަތުމުގެ ހިތްވަރު ދެމުން ދިޔަ ޓެލެގްރާމް ގުރޫޕެއް ފުލުހުން ސީލް ކުރި މިއީ ދެވަނަ ފަހަރެވެ.

މީޑިއާތަކަށް ފުލުހުން ބުނީ ”އެމްވީ ކޯލް ގާލްސް“ ގެ ނަމުގައި ހިންގާ އެ ޗެނަލް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް މައްސަލައިގެ ތަހުގީގު ފަށާފައިވާކަމަށެވެ.

މި މައްސަލައިގައި ޝާމިލުވާ މީހުން ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ވަނީ މީގެ ކުރިން ވެސް އެއް ބަޔަކު ޝާމިލުވެގެން އެކި ނަންނަމުގައި ހިންގަމުން ދިޔަ ޓެލެގްރާމް ގުރޫޕެއް ސީލްކޮށް ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ތިން މީހުންގެ ބަންދު ޖަހާފައިވާއިރު އެ މީހުންގެ މައްޗަށް ފުލުހުން ކުރަނީ މަނީ ލޯންޑްރިން އާއި ޑްރަގް ޓްރެފިކިން، އަދި ހަށިވިއްކުމާއި ހަށިވިއްކުމަށް ހިތްވަރުދިނުމާއި އޮރިޔާން ކާޑު އުފެއްދުމާއި، އޮރިޔާން ކާޑު ބެހުމުގެ ކުށުގެ ތުހުމަތެވެ.

މައްސަލައިގައި ހައްޔަރު ކުރި ތިން ވަނަ މީހަކީ ހަށިވިއްކުމުގެ ވިޔަފާރިއަށް ރާއްޖެއިން ބޭރުން ގެނެސްފައި ތިބި މީހުންނާއި ދިވެހިން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުން ކުރަމުން ދިޔަ ޓެކްސީގެ ޑްރައިވަރެވެ.

ފުލުހުން ބުނިގޮތުގައި ފުރަތަމަ ހައްޔަރު ކުރި ދެ މީހުން ވަނީ އެ މީހުންގެ މަސައްކަތާއި ނުބައްދަލު ގިނަ މާލީ މުއާމަލާތްތަކެއް ހިންގާފަ އެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: