ކުރިއަށް އޮތް 4 މަހު އުތުރާއި މެދު ރާއްޖެ ތެރެއަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަަށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާ ކޮށްފިއެވެ.
އެއީ ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހެވެ.
މިދިޔަ ދުވަސްތަކުގައި އާދަޔާ ހިލާފަށް ހޫނު ގަދަވެފައިވާއިރު، މެޓް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ ދެކުނަށް މިދުވަސްވަރު ވާރޭ ވެހޭނީ އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ މަދުންކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މިދުވަސްވަރު ފިނި ހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރުވެސް، އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކުރިއަށް އޮތީ ހުޅަނގު މޫސުމެވެ. މިއީ އާންމު ގޮތެއްގައިވެސް ރާއްޖެއަށް ވިއްސާރަ ކުރާ ދުވަސްވަރެވެ. މި ދުވަސްވަރުވެސް އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ވިއްސާރަކުރެއެވެ.
މި ވިއްސާރައިގައި އެކި ސަރަހައްދުތަކުގައި ފެން ބޮޑުވެގެން ދިޔައިރު، މާލެއަށްވެސް މި ވިއްސާރައިގެ އަސަރު ކުރިއެވެ.

