ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލް ހޯމް ބިލްޑާއިއެކު ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ އިތުރު ރަހުނު ހޯދުން ނިމުމަކަށް

ބީއެމްއެލްއިން ހައުސިންއަށް އައު ލޯނާއި ފައިނޭންސިންއަށް ތައާރަފު ކުރުން/ ފޮޓޯ: ބީއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރިއުޅުމަށްޓަކައި އިމާރާތް ކުރުމަށް، މަރާމާތު ކުރުމަށް ނުވަތަ ވަކި ވަރަކަށް ހަދާފައި ހުރި ތަނެއް ނިންމުމަށް ބޭނުންވާ ފައިނޭންސް ފޯރުކޮށް ދިނުމަށް ބީއެމްއެލް އިން ހޯމް ބިލްޑް ލޯނާއި ހޯން ބިލްޑް ފައިނޭންސް ތައާރަފުކޮށްފި އެވެ.

މި ފައިނޭންސް ނަގާ ފަރާތަށް 9 އިންސައްތަ ރޭޓުގައި 1 މިލިއަން ރުފިޔާ ހަމައަށް ފައިނޭންސްކޮށްދޭނެއެވެ. އަދި އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ދެވޭނެއެވެ. ފައިނޭންސަށް އެދޭ ފަރާތުން އަމިއްލައަށް ހަރަދު ކުރަންޖެހެނީ ޕްރޮޖެކްޓްގެ އަގުގެ 25 އިންސައްތަ އެވެ.

މީގެ ކުރިން ރަށްރަށުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވެގެން އަންނަ ކަސްޓަމަރުން އެބަ ޖެހޭ އިމާރާތްކުރާ ތަން ފިޔަވައި އިތުރު ރަހުނު ބަހައްޓަން. އަޅުގަނޑުމެން އިއްޔެ ތައާރަފްކުރި ހޯމް ބިލްޑް ފްރޮޑަކްޓްތަކާއެކު މިވަނީ އިތުރު ރަހުނަކާ ނުލައި 1 މިލިއަން ރުފިޔާގެ ފައިނޭންސް ނެގޭ ގޮތް ހަމަޖެހިފަ. މިއީ ވަރަށް ގިނަ ކަސްޓަމަރުންނަށް ފައިނޭންސް ހޯދުމުގައި ދިމާވެފައިވާ ދަތިތަކަކަށް ލިބިގެންދާނެ ހައްލެއް

ހޯމް ބިލްޑް އަށް އެދި ހުށަހަޅާއިރު ގެރެންޓާރ އެއް ބޭނުމެއް ނުވެއެވެ. އެހެން ނަމަވެސް އިތުރު ބޭފުޅަކާއެކު މި ފައިނޭންސަށް އެދި ހުށަހެޅޭނެއެވެ.

ކަސްޓަމަރުގެ ދަރަންޏަށް އިތުބާރު ކުރެވޭ މިންވަރަކީ ވަރަށް މުހިންމު ބައެއް. މީގެ އިތުރުން އަމިއްލައަށް ހަރަދުކުރަން ޖެހޭ ބަޔަށް ފައިސާ ދެއްކުމުގެ ގާބިލުކަމާއި އަނބުރާ ފައިސާ ދެއްކުމުގެ ޤާބިލުކަން ހުރި ނެތް މިންވަރަށްވެސް ބޭންކުން ބަލާނެ. އަދި ހަމައެހެންމެ ވޭތުވެ ދިޔަ 12 މަސް ދުވަހު ކުރިން ނަގާފައިވާ ލޯނަކަށް، ފައިނޭންސަކަށް ނުވަތަ ކްރެޑިޓް ކާޑަކަށް ގަވާއިދުން ފައިސާ އަނބުރާ ދައްކާފައިވާންވާނެ.

ހޯމް ބިލްޑް ފައިނޭންސަށް ކަސްޓަމަރު އަމިއްލައަށް ހިއްސާކުރަންޖެހޭ އަދަދު ހުންނަން ޖެހޭނީ ކަސްޓަމަރުގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވަތަ އިމާރާތަށް ހަރަދު ކޮށްފައެވެ. މިގޮތަށް އިމާރާތަށް ހަރަދު ކޮށްފައިވާނަމަ، އެކަމުގެ ލިޔުން ބޭންކަށް ހުށަހަޅަންވާނެއެވެ.

އަމިއްލައަށް ކުރަންޖެހޭ ހަރަދު ކޮށްފައި ނުވާނަމަ އެ ހަރަދު ކުރާނެގޮތް ބޭންކަށް ހުށަހަޅަންވާނެއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: