ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެގޭޖް ފީ ދައްކަން ދެކޮޅު ހަދައި އެއާލައިން ދެ މުވައްޒަފަށް ހަމަލާ ދިން ބިދޭސީ ދޫކޮށްލައިފި

އެއާޕޯޓުގައި މާރާމަރީ ހިންގި ބިދޭސީ މީހާ.--
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގައި، އެއާލައިނެއްގެ ދެ މުވައްޒަފަކަށް ހަމަލާ ދިން މައްސަލައިގައި ހައްޔަރު ކުރި މީހާ ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްލައިފި އެވެ.

މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ މާރާމާރީ ހިނގައި ދިޔައީ ބިދޭސީ މީހާ ފުރަން ގޮސް ހުރި ވެލާނާ އިންޓަނޭޝަން އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގަ އެވެ. ބިދޭސީ މީހާ ހަމަލާ ދީފައި ވަނީ އެއާލައިންއެއްގެ ދެ މުވައްޒަފަކަށެވެ.

އެއާލައިންގެ މުވައްޒަފުންނަށް ބިދޭސީ މީހާ ހަމަލާ ދިނީ، ބެގޭޖް ފީ ދެއްކުމަށް ދެކޮޅު ހެދުމަށް ފަހު އެވެ. ބަރުވި ލަގެޖަށް 30 ޑޮލަރު ދައްކަން ޖެހޭތީ، އެކައުން މުވައްޒަފު އެންގުމުން އެކަމާ ނުރުހުންވެ ފައިސާ ދެއްކުމަށް ދެކޮޅު ހެދީ އެވެ.

ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުން ދާ އެ ވީޑީއޯއިން ފެންނަ ގޮތުގައި، އެއާލައިން މުވައްޒަފު އޭނާއާއި ވާހަކަ ދެއްކުމަށް މަސައްކަތް ކުރެ އެވެ. އަދި ދެވަނަ މުވައްޒަފު އެކަން ހުއްޓުވަން މަސައްކަތް ކުރަނީ، އެއް މުވައްޒަފު މޫނު މަތީގައި އޭނާ ޖެހުމުންނެވެ. އެކަމަކު ބިދޭސީ މީހާ އޭނާއަށް ވެސް ހަމަލާ ދޭ މަންޒަރު ވީޑީއޯއިން ފެނެ އެވެ.

މި މައްސަލައިގައި ހިމެނޭ ބިދޭސީ މީހާ ހައްޔަރުކޮށް އޭނާ ޑީޕޯޓު ކުރުމަށާއި، އެއާޕޯޓުގެ މުވައްޒަފުންނަށް އެގޮތަށް ހަމަލާ ދެވިގެން ނުވާނެކަން ގިނަ ބަޔަކު ފާހަގަކުރި އެވެ. އަދި އޭނާ ފްލައިޓަށް ބޯޑު ކުރުމުގެ ކުރިން ފުލުހުން އޭނާ ހައްޔަރު ކުރި އެވެ. އެކަމަކު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ބިދޭސީ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ފުލުހަށް ހާޒިރު ކުރުމުން ޝަރުތުތަކެއް ކުރުމަށް ފަހު އޭނާ ދޫކޮށްލާފައިވާކަމަށެވެ.

މީޑިއާތަކުން ވަނީ ކޯޓުން އޭނާ ދޫކުރީ ކޮން ޝަރުތުތަކެއް ކުރުމަށް ފަހު ތޯ ސުވާލުކޮށްފަ އެވެ. އެކަމަލު ފުލުހުން އެ ތަފްސީލެއް ނުދެއެވެ.

ބިދޭސީ މީހާ، ދިވެހި ދެ މުވައްޒަފަކަށް ހަމަލާ ދިން އިރު އެތަނުގައި އެއާޕޯޓުގެ ސެކިއުރިޓީ އެވްސްކޮމް ހިމެނޭހެން އެހެން މުވައްޒަފުން ވެސް ތިބެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: