ދިވެހި ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން މިހާރު ފޮނުވާލައިފި ކަމަށާއި އަދި މިހާރު ރާއްޖޭގައި ތިއްބެވީ އިންޑިއާގެ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުން ކަމަށް ފޮރިން މިނިސްޓަރ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑު އެއް ވައުދަކީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމެވެ. އެމީހުންގެ ސަބަބުން މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާނެ ކަމަށް ގަބޫލު ނުކުރައްވާކަމަށް ޒަމީރު ވިދާޅުވިއެވެ. މީގެ އިތުރުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ، މަދަނީ މީހުންގެ ގޮތުގައި ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި ތިބީ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުން ކަމަށެވެ.
އެއީ ހިނަދުސްތާން އެރޮނޮޓިކްސް ލިމިޓެޑް ކިޔާ ކުންފުންޏެއްގެ މީހުން އައިސް އެތިބީ.. އަޅުގަނޑަށް އެގިފައި އޮތް ގޮތުން އެއީ ހުލިކޮޕްޓަރ އުފެއްދި ކުންފުނީގެ މީހުން
މަދަނީ މީހުންގެ ސަބަބުން ރާއްޖޭގެ ސިޔާތަށް ގެއްލުން ލިބިދާނެތޯ ސުވާލު ކުރުމުން ޒަމީރު ވިދާޅުވީ، ކޮންމެ ގައުމެއްގެ އަސްކަރިއްޔާ ބޭފުޅުން ދިގު މުއްދަތަކަށް ގާއިމްވެ ތިބުމަކީ އެ ގައުމެއްގެ މިނިވަންކަމަށް ބުރޫ އަރާނެ ކަމެއް ކަމަށެވެ. އިންޑިޔާގެ އަސްކަރިއްޔާ ފޮނުވާލުމަކީ މި ސަރުކާރުގެ ވައުދެއްގެ ގޮތުގައި ކަނޑައަޅައި އެ ވައުދު ފުއްދެވި ސަބަބަކީ އެއީ ކަމަށް ޒަމީރުގެ ވާހަކައިގައި ވަނީ ފާހަގަކޮށްފައެވެ.
ސިވިލިއަނުން ތިބެގެން (ސިޔާދަތަށް ) އެ ގެއްލުން ވާކަމަށް އަޅުގަނޑުމެންނަށް ފީޑްބެކެއް ނުލިބޭ.. މީގަ ހަގީގިތުގައި މައްސަލަ އަކީ މިލިޓަރީ ރާއްޖޭގައި ތިބުން.. ސިވިލިއަނުންގެ ގޮތުގައި ވަރަށް ގިނަ މަސައްކަތް ކުރަން ވަރަށް އިންޑިއާ މީހުން ނޫނީ ސިލޯނު މީހުން ނޫނީ ބަގްލަދޭޝް މީހުން އެ ތިބީ ދެއްތޯ.. އެކަމު އޭގެ ސަބަބުން މިނިވަންކަމަށް ބުރޫ އަރާ ކަމަކަށް އަޅުގަނޑު މެންނަކަށް ހަމަ ގައިމުވެސް ނުދެކެވޭ.. އަދި ރައްޔިތުންނަށްވެސް ދެކެވޭނެ ކަމަށް ގަބޫލެއް ނުކުރެވޭ..
މިކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވި، ރާއްޖޭގައި ބޭރުގެ މަދަނީ މީހުން މަސައްކަތް ކުރުމުގެ ސަބަބުން މިނިވަން ކަމަށް ބުރޫ އަރާކަމަށް ރައްޔިތުން ދެކޭނަމަ، އެކަމާއި މެދު ސަރުކާރުން ފުންކޮށް ވިސްނަވާނެ ކަމަށެވެ. އަދި މި ކަމާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ މިލިޓަރީ އަކީ ވަކި ހައިރާކީއެއްގެ ދަށުން ހިނގާ ސިސްޓަމެއްކަމަށާއި އަދި މިލިޓަރީ މީހުން ތަބާވާންޖެހޭނީ މިލިޓަރީ ކޮމާންޑާސް އަށް ކަމަށެވެ.
މީގެ އިތުރުން މިއަދުގެ ނޫސްވެރިންގެ ބައްދަލުމުގައި ސަރުކާރުން ވަނީ ރާއްޖޭގައި ތިބި އިންޑިޔާގެ އަސްކަރީ ސަފައިންގެ ތެރެއިން ރާއްޖޭއިން ދިޔަ ޖުމްލަ މީހުންގެ އަދަދުވެސް ހިއްސާ ކުރައްވާފައެވެ. މިކަމާއި ގުޅިގެން ޒަމީރު ވިދާޅުވި ގޮތުގައި އަސްކަރީ މަސައްކަތް ކުރަން ތިބި 76 ސަފައިން ފައިބައިފައިވާ ކަމަށް ވިދާޅުވިއެވެ.

