ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީތަކުގެ މައްސަލަ: ދެކޮޅު ބަލާ، އިންސާފު ގާއިމް ކުރަން މުހިންމު!

އެއާޕޯޓް ޓެކްސީ ކިޔު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މައި ދޮރާށިކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓެކްސީ ކިޔުއިން ދިމާވާާ މައްސަލަތަކާއި ގުޅިގެން އާންމު ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުންނެވެ. ވަކި މަންޒިލަކަށް ނޫނީ ދަތުރު ނުކުރާކަމުގެ ޝަކުވާއާއި، ދަތުރެއް ނެގުމަށްފަހު އިތުރު ފަސިންޖަރުން އަރުވައިގެން ދަތުރުކުރާކަމުގެ ޝަކުވާވެސް އިންތިހާއަށެވެ. ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ޑްރައިވަރުން ދަތުރު ކުރާ ކަމުގެ ގިނަ ޝަކުވާތަކެއް ދަނީ ފެންމަތިވަމުންނެވެ.

ދަތުރުތައް ނެގުމަށް އެއްބަސްވަނީ ވަކި ޝަރުތުތަކެއް ހަމަވާނަކަމަށާއި، ނޫންނަމަ އުޒުރުވެރިވާކަމުގެ ކަންބޮޑުވުންވެސް އޮތީ އިންތިހާގައެވެ. މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު މި މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާގައި މީހަކު ހިއްސާ ކުރި ވީޑިއޯއަކާއި ގުޅިގެންނެވެ. އެ ވީޑިއޯގައި އޭނާވެސް ހިއްސާކޮށްފައިވަނީ ހަމަ މިއާއި ދާދި އެއްފަދަ ތަޖުރިބާއެކެވެ. މިކަމުގައި މިނިސްޓްރީގެ ޒިންމާ ކޮބާތޯ ސުވާލުކޮށް، މިކަންކަން ބަލާ ފިޔަވަޅު އެޅުމަށް މިނިސްޓްރީއަށް ގޮވާލިއެވެ.

އެއާއިއެކު މިނިސްްޓްރީގެ ފަރާތުން ވަގުތުން މި މައްސަލައަށް އެޓެންޑުވިއެވެ. އެގޮތުން ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމިއެވެ.

މިކަމާއި ގުޅޭ ތަފްސީލީ މައުލޫމާތު “ސަންގާއި” ހިއްސާ ކުރައްވަމުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވީ މިއީ ހައްލުނުވެ އޮތް ގިނަ ދުވަސްވީ މައްސަލައެއްކަމަށެވެ. މިކަމާއި ގުޅިގެން ހުށައެޅޭ ޝަކުވާތައްވެސް ވަރަށް ގިނަކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލަ އަނެއްކާވެސް އިތުރަށް ގޯސްވެ، ކަންބޮޑުވުންތައް ހުށައެޅެމުންދާކަމަށް ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން ފަތުރުވެރިންނަށް ވެސް ދަތިތަކާއި ކުރިމަތިވަމުން އަންނަކަމަށެވެ. މި މައްސަލަ ހައްލު ކުރުމަށްޓަކައި، މިނިސްޓްރީ އާއި ފުލުހުންނާއި އެމްއޭސީއެލް ގުޅިގެން މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިމާވާ މައްސަލައަކީ، އެ ކިއުގައި އައިސް ޓެކްސީތައް ނޫނީ ވޭންތައް މީހުންނަށް ހިދުމަތްދޭން ތިބޭ ފަރާތްތަކުން، އެބޭފުޅުނަށް އެ ކިއު ލައިނުން އެ ހިދުމަތް ނުލިބެނީ. ކިއު ލައިނުން ހިދުމަތް ނުލިބޭ ގޮތަކީ އެ ޑްރައިވަރުން، އެ ހިދުމަތް ދޭން ގޮސް ތިބޭ މީހުން މި ނިންމަނީ ކޮންތާކަށްތޯ ދާނީ، ނޫނިއްޔާ ލަގެޖު ހުރިއްޔާތޯ އަރުވާނީ.

މިނިސްޓަރު ވިދާޅުވީ ކިއުއެއް އޮތް ނަމަވެސް ކިއުއިން ބޭނުންވާ ހިދުމަތް ނުލިބޭކަމަށެވެ. އެއާޕޯޓުގެ ހިދުމަތް ދޭއިރު، އެތަނުގައި ޓެކްސީގެ ހިދުމަތް ލިބޭނެ ގޮތަށް އިންތިޒާމްތައް ބައްޓަން ކުރުމަކީވެސް މިނިސްޓްރީގެ ޒިންމާއެއްކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އިސްލާހީ ފިޔަވަޅުތަކެއް އަޅައިގެން ނޫނީ މި މައްސަލައަށް ހައްލު ނުލިބޭނެކަމަށެވެ.

އެގޮތުން ސަރުކާރުން ކަނޑައަޅާފައިވާ ފީތައް ފެންނާނެ ބޯޑުތަށް ހަރުކޮށްފައިވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ޓެކްސީ ލައިންތަކާއި ވެސް މަޝްވަރާ ކޮށްފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީން އެޅި ބައެއް ފިޔަވަޅުތަކާއިއެކުވެސް މައްސަލައަށް ހައްލެއް ނުލިބޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ސީދާ ފުލުހުންގެ ފަރާތުން އެއާޕޯޓުގައި ހަރަކާތްތެރިވެ، ގަވައިދާ ހިލާފަށް އެއާޕޯޓުގައި ހިދުމަތްދޭ ޓެކްސީތަކާއިމެދު ފިޔަވަޅު އަޅަން ފަށާފައިވާކަމަށް ވިދާޅުވިއެވެ. އަދި ގަވައިދާ ހިލާފަށް ޓެކްސީ ކުރުމުގައި އުޅޭ ބިދޭސީންނާއި މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ފިޔަވަޅުތަކާއިއެކު ދެން ފެންމަތިވީ އަނެއް މައްސަލައަކީ ޓެކްސީ ޑްރައިވަރުން ގަސްތުގައި އެއާޕޯޓު ދަތުރު ނުނަގާކަމުގެ މައްސަލައެވެ. މިކަމާއި ގުޅިގެން އާންމު ރައްޔިތުންނާއި އަދި ހަމައެއާއިއެކު ރާއްޖެއަށް ދަތުރު ކުރާ ފަތުރުވެރިންގެ ކަންބޮޑުވުންތައް ހުރިއިރު، ޓެކްސީ ޑްރައިވަރުންގެ ގަބޫލު ކުރުންތަކެއްވެސް އެބަހުއްޓެވެ. އާމްދަނީއެއް ހޯދުމަށް ކުރާ އެ މަސައްކަތުން އެކަށީގެންވާ އާމްދަނީ ހޯދުމަށްޓަކައި އެފަދަ ބައެއް ކަންކަން މުހިންމުކަމަށް ޑްރައިވަރުން ގަބޫލުކުރެއެވެ.

މި މައްސަލައަށް ހައްލު ނުލިބިއްޖެނަމަ ފުރަން ޖެހޭ ގަޑިއަށް އެއާޕޯޓަށް މީހުންނަށް ހަގީގަތުގައި ވަރަށް ބޮޑު ދަތިތަކަކާއި ކުރިމަތިވާނެއެވެ. އަދި ހަމައެއާއިއެކު ތަންތަނުން ރާއްޖެ އަންނަ މީހުންނަށްވެސް ގަނޑިއަށް ދާން ބޭނުންވާ މަންޒިލަށް ދިއުމަށްޓަކައި ދަތިވާނެއެވެ. އެހެންކަމުން މިއީ ހައްލެއް ހޯދުން ވަރަށް މުހިންމު މައްސަލައެކެވެ. ނަމަވެސް އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން ނައިސް، އެންމެންގެ މެދުގައި ހަމަހަމަ ކަން ގާއިމްވާނެ ހެންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: