ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރު ދައުލަތަށް އަނބުރާ ލިބެން ޖެހޭ 74 މިލިއަނުން، ލިބުނީ އެންމެ ދެލައްކަ ރުފިޔާ!

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ ރައީސް ވާހަކަ ދައްކަވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓީ ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގުތަކަށް ފަހު ދައުލަތަށް އަނބުރާ ލިބެން ޖެހޭ 74 މިލިއަން ރުފިޔާގެ ތެރެއިން މިދިޔަ އަހަރު ހޯދުނީ ދެލައްކަ ރުފިޔާކަމަށް އޭސީސީގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން އިއްޔެ އާންމު ކުރި ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ޝަކުވާއެއްގެ ގޮތުގައި 1151 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. އަދި ކޮމިޝަނުގެ އިސްނެގުމަށް 16 މައްސަލައެއް ތަހުގީގު ކުރިއިރު، ޕްރިލިމިނަރީ ތަހުގީގުގެ މަރުހަލާގައި ގޮތް ނިންމި މައްސަލަތަކުގެ އަދަދަކީ 365 އެވެ.

ޕްރިލިމިނަރީ ތަހުގީގުގެ މަރުހަލާއިން ކޮރަޕްޝަނުގެ އަމަލެއް ނެތްކަމަށް ނިންމި މައްސަލަތަކުގެ އަދަދަކީ 138 އެވެ. މީގެތެރެއިން 786 މައްސަލައެއްގެ ތަހުގީގު ނިމިފައި ނުވާއިރު، ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށަހެޅި މައްސަލަތަކުގެ އަދަދަކީ 40 އެވެ.

މީގެއިތުރުން ދައުލަތަށް އަނބުރާ ހޯދުމަށް ނިންމާފައިވާ ފައިސާގެ އަދަދަކީ 74 މިލިއަން ރުފިޔާ ނަމަވެސް، ދައުލަތަށް އަނބުރާ ހޯދުމަށް އަންގާފައި ވަނީ 50 މިލިއަން ރުފިޔާ އެވެ. މީގެތެރެއިން ދައުލަތަށް އަނބުރާ ހޯދުނު ފައިސާގެ އަދަދަކީ 234،531 ރުފިޔާ އެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން 2010 ވަނަ އަހަރުން ފެށިގެން މިހާތަނަށް ކޮމިޝަނުން އެކި އިދާރާތަކަށް އަންގާފައިވާ އެންގުންތަކާއި އަދި ކޮމިޝަނުން ތަހުގީގު ކުރި މައްސަލަތަކުގައި ފާހަގަކުރެވިފައިވާ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް އެކި އިދާރާތަކަށް ފޮނުވާފައިވާ މައްސަލަތަކާއި ގުޅޭ މައުލޫމާތުތައް ޖަމާކޮށް ކޮމިޝަނުން ވަނީ އެކި އިދާރާތަކަށް އަންގާފައިވާ އެންގުންތަކުގެ ދަފްތަރެއް އެކުލަވާލާފަ އެވެ.

ދައުލަތަށް އަނބުރާ ހޯދަން ޖެހޭ ފައިސާ ހޯދުން ގާނޫނުގެ ދަށުން ކޮމިޝަނަށް ލާޒިމު ނުކުރި ނަމަވެސް އެންގުންތަކާއި އެއްގޮތަށް ދައުލަތަށް އެ ފައިސާ ލިބޭކަން ކަށަވަރު ކުރުމަށްޓަކައި، ކޮމިޝަނުގެ އެންގުންތަކުގެ ފޮލޯއަޕް ހަދަން ޖެހެ އެވެ.

އެގޮތުން 2023 ގައި 15 މައްސަލައެއްގައި ހިމެނޭ 74 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ދައުލަތަށް އަނބުރާ ހޯދުމަށް ނިންމާފައިވެއެވެ. އަދި މީގެތެރެއިން ދައުލަތަށް އަނބުރާ ހޯދުމަށް އިދާރާތަކުގައި އެދިފައިވާ 50 މިލިއަން ރުފިޔާގެ ތެރެއިން އެއްވެސް ފައިސާއެއް ދައުލަތަށް ލިބިފައި ވޭތޯ ނުވަތަ ނޫންތޯ އެ ފައިސާ ހޯދުމަށް ކަމާއި ގުޅުން ހުރި އިދާރާތަކަށް ފޮލޯއަޕް ހެދިކަމަށް ރިޕޯޓުން ދައްކަ އެވެ.

އެކަމަކު ހޯދަން ޖެހޭ ފައިސާގެ ތެރެއިން، ލިބިފައި ވަނީ 05 މައްސަލައެއްގައި މިހާތަނަށް ޖުމްލަ 234،531.57 ރުފިޔާ އެވެ.

މީގެއިތުރުން ފާއިތުވި ފަސް އަހަރަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ދައުލަތަށް އަނބުރާ ފައިސާ ހޯދުމަށް އިދާރާތަކުގައި އެދިފައި ވަނީ 2019 ވަނަ އަހަރެވެ. އެ އަހަރު ހޯދަން އެދިފައިވާ ފައިސާގެ ޖުމްލަ އަދަދު 160.2 މިލިއަން ރުފިޔާއަށް އަރަ އެވެ. އަދި 2020 ވަނަ އަހަރު 14 މިލިއަން ރުފިޔާ، 2021 ވަނަ އަހަރު 2.1 މިލިއަން ރުފިޔާ، 2022 ވަނަ އަހަރު 35.3 މިލިއަން ރުފިޔާ ހޯދަން އެންގި އެވެ.

މި ރިޕޯޓުގައި އޭސީސީ ބުނެފައި ވަނީ 2023 ވަނަ އަހަރު ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކޮށް ނަތީޖާ ރަނގަޅު ކުރުމުގެ ގޮތުން އިސްލާހީ ބަދަލުތަކެއް ގެނެވި، ގިނަ ކަންކަން ހާސިލު ކުރެވުނު ކަމަށެވެ. އެގޮތުން ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، މަނާ ކުރުމަށް ކޮމިޝަނުން ކުރި މުހިންމު މަސައްކަތްތަކަށް ގޮންޖެހުންތައް ދިމާވި މަމަވެސް މައްސަލައިގެ ތަހުގީގުތައް ކުރިޔަށް ގެންދެވުނުކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ކޮމިޝަނުގެ 2023 ވަނަ އަހަރުގެ މަސައްކަތްތަކާއި ގުޅޭގޮތުން އޭސީސީގެ ރައީސް ޝާމިލް ވިދާޅުވީ މިދިޔަ އަހަރަކީ ކޮމިޝަނުގެ ތަހުގީގުތައް އަވަސްކޮށް ހަރުދަނާކޮށް ފެންވަރު މަތި ކުރުމަށް އިޖުރާއީ ބޮޑެތި ބަދަލުތަކެއް ގެނެވުނު ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ފެންނާނީ ތަފާސްހިސާބުތަކުންކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޝާމިލް ވިދާޅުވީ 2023 ވަނަ އަހަރު އޭސީސީއަށް ބޮޑެތި ގޮންޖެހުންތައް ވެސް ދިމާވިކަމަށާއި، އެގޮތުން ކޮމިޝަނުން މަސައްކަތާއި ހަވާލުވި ފަހުން އައި ފުރަތަމަ ރިޔާސީ އިންތިހާބާއި ފުރަތަމަ އިންތިގާލީ މަރުހަލާ އަދި އޭގެ އިތުރުން އައު ސަރުކާރުން ވެރިކަން ހިންގުމުގެ ބާރު ހަވާލުވުމުން ވެސް ގިނަ ކަންކަން ތަޖުރިބާ ކުރަން ޖެހުނު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: