ސިނަމާލޭ ބްރިޖްމަތީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ކުޑަ ކުއްޖާ އާއި އެ ކުއްޖާގެ ބައްޕަގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފި އެވެ.
ސިނަމާލޭ ބްރިޖްމަތީގައި ރޭ ނުރައްކާތެރި އެކްސިޓެންޓެއްގައި ފިރިހެނަކާއި ކުޑަކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބުނެވެ. ނަމަވެސް މިހާރު އެ ކުޑަކުއްޖާއާއި އެ ކުއްޖާގެ ބައްޕަގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އަދި ފަރުވާއަށްފަހު އެ މީހާ އާއި ކުޑަކުއްޖާ ހޮސްޕިޓަލުން މިހާރު ވަނީ ދޫއްކޮށްލާފައެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރަށް ދުއްވާފައި އައި ސައިކަލެއް، އެހެން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުންވަނީ މައުލުމާތު ދީފައެވެ.
ފުލުހުންގެ ތަފާތު ހިސާބުތަކަަށް ބާލާއިރު މި އަހަރުގެ މި އަދާއި ހަމައަށް ޖުމްލަ 1،111 އެކްސިޓެންޓް ހިނގާފައި ވާއިރު މިދިޔަ އަހަރު މިއަދާ ހަމައަށް ޖުމްލަ 888 އެކްސިޓެންޓް ވަނީ ހިނގާ ފައެވެ.

