ޤައުމު ސަލާތްމަތްކުރުމުގެ ވިސްނުން އުފެދެނީ އާއިލާތުކުގެ ތެރެއިން ކަމަށް ރައިސުލްޖުމަހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް މުނާސަބަތުގައި ޑރ. މުހައްމަދު މުއިއްޒު “ އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤައުމީ ލޯބި އަދިި ޤައުމީ ޙިދުމަތާއި ޤައުމު ސަލާމަތްކުރުމުގެ ވިސްނުން އުފެދެނީ ޢާއިލާތަކުގެ ތެރެއިންކަމަށާއި އަދި ޤައުމު ދެމިއޮތުމަށް ޢާއިލާތައް ބަދަހިވެ ހަރުދަނާވުން މުހިންމު ކަމަށެވެ.
— Dr Mohamed Muizzu (@MMuizzu) May 15, 2024
މީގެ އިތުރުން އާއިލާތަކުގެ ޙާލަތު ދެނެގަތުމަށް ސަރުކާރުން ވަނީ “ ހާލު ކިހިނެއް؟“ ނަމުގައި ޙާއްސަ ޕްރޮގުރާމެއް ފެށުމަށް ނިންމާފައެވެ. މި ޕްރޮގުރާމް ހާއްސަ ކުރެވިފައިވަނީ ރާއްޖޭގެ ހުރިހާ އާއިލާތަކުގެ ހާލަތު ދެނެގަތުމަށެވެ. މި ޕްރޮގުރާމް މެދުވެރިކޮށް އާއިލާތަކުގެ މާލީ ހާލަތާއި، އާއްއިލާތަކަށް ދިމާވާ ދަތިތަކަށް ރައްރަށުގެ ކައުންސިލުންނާއި ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ދުވަސްވީ މީހުން އާއިލާތަކާ ހަވާލުކުރަން ސަރުކާރުން ވަނީ އެހީ ވުމަށް ނިންމާފައެވެ.

