ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާއިލާތަކުން އެކަކު އަނެކަކަށް އަޅާލައި، އިހުތިރާމާއި ލޯބި ދިނުމަށް އައިޝަތު ޝިހާމްގެ އިލްތިމާސް!

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އާއިލާގެ ހަމަޖެހުމާއި އުފާވެރިކަމަކީ މުޖްތަމައުގެ ކުރިއެރުމާއި، ގައުމުގެ ތަރައްގީގެ އަސްލުކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޣުވާމީ އާއިލާތަކުގެ ދުވަހުގެ، މެސެޖުގައި މިނިސްޓަރ އައިޝަތު ޝިހާމް ވިދާޅުވީ އޯގާތެރި މުޖްތަމައެއްގެ އެންމެ އަގުހުރި އަދި މުހިންމު ސިފައަކީ ވެސް ބަދަހި އާއިލާ ކަމަށެވެ. އަދި މުޖްތަމައުގެ ތެރޭގައި އާއިލާތަކަކީ އަޚުވަންތަކަމާއި އެއްބަނޑު އެއްބަފާވަންތަކަން ދަމަހައްޓައި، އެކަކު އަނެކަކަށް އަޅާލައި އޯގާތެރިކަމާއި އެހީތެރި ކުލުނުވެރި އަދި އެންމެން އެކުގައި ގުޅިގެން އުޅޭ އާއިލާތަކަށް ވާންޖެހޭކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އައިޝަތު ޝިހާމް ވިދާޅުވީ އާއިލާގެ ހަމަޖެހުމާއި އުފާވެރިކަމަކީ މުޖްތަމައުގެ ކުރިއެރުންކަމަށާއި، އެއީ ގައުމުގެ ތަރައްގީގެ އަސްލު ކަމަށެވެ. އަދި ކޮންމެ ދުވަހަކީ ވެސް، އެ މީހެއްގެ އާއިލާއަށް އިސްކަމެއް ދޭ ދުވަހަކަށް ހެދުމަށް އިލްތިމާސް ކުރެއްވި އެވެ. ”ފުރަތަމަ އާއިލާ“ މިއީ ކޮންމެ މީހެއް ވެސް އިސް ކުރާ ސިޔާސަތަކަށް ހެދުމަށާއި ކޮންމެ މީހަކީ ވެސް މައިންބަފައިންނަށް އަޅާލާ ބަޔަކަށްވުމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރުން މިނިސްޓަރ ވިދާޅުވީ އެކި ސަބަބުތަކާއި ހުރެ އާއިލާތައް ރޫޅި، ދެމަފިރިން ވަކިވާން ޖެހޭ ހާލަތު ދިމާވެފައިވާ އާއިލާތަކުން ވެސް އެ އާއިލާތަކުގެ ކުދިންނާއި އެ ކުދިންގެ މައިންބަފައިންނާ މެދު އޮންނަ ގުޅުން ބަދަހި ކުރުމަށް އެދޭ ކަމަށެވެ. އަދި ކޮންމެ އާއިލާއަކީ ވެސް އެކުގައި އުޅުނަސް ނުވަތަ ދުރުގައި އުޅެން ޖެހުނު ނަމަވެސް އާއިލީ ގުޅުން ދަމަހައްޓައި އިހުތިރާމާއި ލޯތްބާއި އެކު އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކުކަމުގައިވުމަށް އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: