މުވާސަލާތީ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް މަޝްވަރާ ބައްދަލުވުމެއް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާބެހޭ ވުޒާރާއިން ބާއްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުން އިފްތިތާޙްކޮށްދެއްވީ ސިޓީސް ލޯކަލް ގަވާމެންޓް އެންޑް ޕަބްލިކްވާރކްސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.
މި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ، މިނިސްޓްރީގެ މެންޑޭޓް ތެރޭގައި ހިމެނޭ ރާއްޖޭގެ މުއާޞަލާތީ ޚިދުމަތްތައް ކުރިއަށްވުރެ ފުރިހަމަކޮށް ޒަމާނަށް އަންނަ ބަދަލުތަކާއެކު، އުޞޫލުތައް އިތުރަށް ފުރިހަމަކުރުމަށް ކޮމިނިއުކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) އާއި އަދި ރާއްޖޭގެ މުއާޞަލާތީ ޚިދުމަތް ދެމުންގެންދާ އެކިއެކި ފަރާތްތަކާއެކު މަޝްވަރާކޮށް ބޭނުންވާ އުޞޫލުތަކާއި ޤަވާޢިދުތައް ފުރިހަމަ ކުރެއްވުމުގެ ގޮތުން ބޭއްވި ބައްދަލުމެއް ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާބެހޭ ސިޔާސަތު ކަނޑައެޅުމުގައި ހިމަނަން ބޭނުންވާ ކަންތައްތަކާއި މެދު ޚިޔާލު ބަދަލުކުރުމާއި ކޮމިއުނިކޭޝަންގެ ދާއިރާއިން ރާއްޖެއަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ބިނާކުރުމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ބައިވެރިންގެ ހިޔާލު ހޯދުންމަށް ވަނީ މަޝްވަރާ ތަކެއް ކޮށްފައެވެ. އަދި ރާއްޖޭގެ ކޮމިއުނިކޭޝަން ދައުރު ފުޅާކުރުމާއި، ރާއްޖެ ތަރައްގީ ކުރެއްވުމުގެ އިތުރުން އެ ދާއިރާއަށް މީހުން ހޭލުންތެރިކުރެއްވުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ މި މަޝްވަރާގެ ތެރެއިން ނިންމާފައެވެ.
މި މަޝްވަރާ ބައްދަލުމުގައި ތަޢުލީމީ ނިޒާމުގައި ކޮމިއުނިކޭޝަން ހިމަނާނެ ގޮތާއި އެ ދާއިރާގައި ހިންގުމަށް ފެންނަ މަޝަރޫޢުތަކާއި ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން ފަދަ ކަންކަމާއި މެދު ވަނީ މަޝްވަރާކޮށްފައެވެ.

