ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތިޔާރު އުފެއްދުން އިތުރަށް ވަރުގަދަކުރަން ނޯތުކޮރެއާގެ ލީޑަރު ގޮވާލައިފި!

ނޯތު ކޮރެއާގެ ރައީސް ކިމް ޖޮންގް އުން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

3 ވަނަ ބޮޑު ހަނގުރާމައަށް ވަމުންދާ ތައްޔާރީތައް އިތުރަށް ވަރުގަދަކުރުމަށް ނޯތުކޮރިއާގެ ލީޑަރު ކިމް ޖިއޮންގއުން ގޮވާލައްވައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ނޯތުކޮރެއާއިގެ ލީޑަރުވަނީ ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެވެސް ވަރުގަދަކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ހަތިޔާރު އުފެއްދުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވާސިލުވުމަށް ކަނޑައަޅާފައިވާ އަމާޒަށްވުރެވެސް އިތުރަށް އުފެއްދުން ފަދަ މަސައްކަތްތައް ކުރުމަށް އޭނާ އަމުރުކޮށްފައިވާމަށް މީޑިއާތަކުން އަލިއަޅުވާފައިވެއެވެ.

ކިމް މި އަމުރުކުރުމުގެ ކުރިން މަސްރަހު ދިރާސާކުރާ ފަރާތްތަކުންވަނީ ނިއުކްލިއަރ ގާބިލުކަން ލިބިފައިވާ ގައުމެއްކަމަށްވާ ނޯތުކޮރެއާއިން މިސައިލް އަދި އާޓިލަރީ ހަތިޔާރުތައް ޓެސްޓުކުރުން އިތުރު ހަރުފަތަކަށް ޖައްސާނެކަން އަންދާޒާކޮށްފައެވެ.

އެ ގައުމުގެ މިސައިލް ސިސްޓަމެއް ޓެސްޓުކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއްގައި މީޑިއާތަކަށް އިންޓަރވިއުއެއް ދެއްވައި ކިމްވަނީ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއިމެދު ހިތްހަމަޖެހިވަޑައިގަންނަވާކަން ހާމަކަުރައްވާފައެވެ. އަދި އޭނާވަނީ ހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބަޑިތަކަށް ބޭނުންވާ ވަޒަން ފަދަ ތަކެތި އުފެއްދުމުގެ އަމާޒަށް ވާސިލުވުުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައި ފެއިލްވެގެން ނުވާނެކަމަށް ވިދާޅުވެފައިކަމަށްވެސް މީޑިއާތަކުން ފާހަގަކުރެއެވެ.

ރިޕޯޓުތަކުގައިވާގޮތުން މި އަހަރު އެ ގައުމުގައި އުފައްދަމުންދާ މިސައިލް ލޯންޗަރުތަކަކީ ހުޅަނގު އައްސޭރިފަށުގައި ބޭނުންކުރުމަށް އުފައްދަމުންދާ ހަތިޔާރުތަކެއް ކަމަށެވެ. އަދި މިފަހުން އެ ގައުމުންވަނީ ރަޝިއާ އާއިއެކު ގުޅުން ބަދަހިކޮށްފައިކަމަށްވާއިރު، އދ އިން އެ ގައުމުގެ ހަތިޔާރު އުފެއްދުން ހުއްޓުވާލުމަށް ކުރަމުންދާ މަސައްކަތްތަކަށް ރަޝިއާއިން ހުރަސްއަޅާފައިވުމަށް އެ ގައުމުން ޝުކުރު އަދާކޮށްފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: