ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ އަދި ރަޝިއާގެ ރައީސް ބައްދަލުކޮށްފި، ވައުދުވީ އެމެރިކާއާއި ދެކޮޅަށް ގުޅިގެން މަސައްކަތްކުރަން

ޗައިނާ އަދި ރަޝިއާގެ ރައީސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާއިން އެ ގައުމުތައް ”ތަގައްޔަރު“ ކުރަމުންދިއުމާއި ދެކޮޅަށް އިތުރަށް ވަރުގަދައަށް މަަސައްކަތްތައް ކުރުމަށް ރަޝިއާގެ ރައީސް އަދި ޗައިނާގެ ރައީސް ވައުދުވެފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް އަދި ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިންވަނީ ބައްދަލުކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދު ގުޅުންތައް އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން ގިނަ މަޝްވަރާތައް ކުރެވުނުއިރު އެމެރިކާއިން ދެ ގައުމުގައި ކުރަމުންދާ މަސައްަކަތްތަކާއި ދެކޮޅަށް ފިޔަވަޅުތައް ގުޅިގެން އިތުރަށް ވަރުގަދަ ކުރުމަށް ދެ ގައުމުންވެސް އަޒުމު ކަނޑައަޅާފައިވާކަމަށް ބުނެފައިވެއެވެ.

ޕުޓިން އަދި ޝީވެސް ވަނީ އެމެރިކާއިން ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިސައިލް ސްޓޭޝަންތައް ހަރުކުރަމުންދާކަމަށް ތުހުމަތު ކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ރަޝިއާ އާއި ޗައިނާގެ ސަލާމަތަށް ނުރައްކާތަށް ކުރިމަތިވެގެންދާކަމަށްވެސް ހިއްސާކޮށްފައިވެއެވެ. ދެ ގައުމު ގުޅިގެން ދީފައިވާ ބަޔާނުގައި ވަނީ އެމެރިކާއިން ގެންގުޅެމުންދާ ގެއްލުންދެނި އުސޫލުތަކާއްި ދެކޮޅަށް އަސްކަރީ މަސައްކަތްތައްވެސް ވަރުގަދަކުރާނެކަން ހާމަކޮށްފައެވެ.

މީޑިއާތަކުން ބުނާގޮތުން ދެ ގައުމުންވެސް ވަނީ އެމެރިކާގެ މައްޗަށް ދުނިޔޭގެ ނިއުކްލިއަރ ބާރުވެރިކަމުގެ ތެރޭގައި އޮންނަ ހަމަހަމަ ކަން ނަގާލައި އަތްގަދަކުރުމަށް މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކޮށްފައެވެ.
ރިޕޯޓުތަކުގައިވާގޮތުން ޕުޓިން ޗައިނާއަށް ކުރެއްވި ދަތުރަކީ ފަސްވަނަ ދައުރަކަށް ރައީސްކަން ކާމިޔާބުކުރެއްވުމަށްފަހު ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ. އެހެންކަމުން ޗައިނާ ދެމެދު އޮތް ގުޅުމުގެ މުހިންމުކަން މިކަމުން ދައްކައުވައިދޭކަމަށާއި ޗައިނާގެ ސަބަބުން އެމެރިކާއާއި ބައިވެރިވެރިން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރުކުޑަކުރުމަށް ރަޝިއާއަށް ފަހިވެފައިވާކަމަށްވެސް ރިޕޯޓުކުގައިވެއެވެ.
ވަރަށް ގަދަ
75%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: