ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ ”ދަ ކޮފީ ބީން އެންޑް ޓީ ލީވްސް“ ގެ ކެފޭތައް ހުޅުވަނީ!

"ދަ ކޮފީ ބީން އެންޑް ޓީ ލީވްސް" އަދި ރާއްޖޭގެ ވޯޓާރސްކޭޕް ކުންފުނި ބައްދަލުކުރުމުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ މަޝްހޫރު ކޮފީ ކޮފީ ޗެއިންއެއްކަމަށްވާ ”ދަ ކޮފީ ބީން އެންޑް ޓީ ލީވްސް“ އިން ރާއްޖޭގައި އެ ކުންފުނީގެ ކެފޭތަކެއް ހުޅުވަން ނިންމައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން މަޝްހޫރުވެފައިވާ އެމެރިކާގެ ކޮފީ ޗެއިން އެއްކަމަށް ”ދަ ކޮފީ ބީން އެންޑް ޓީ ލީވްސް“ ނުވަތަ ކުރުކޮށް ”ދަ ކޮފީ ބީން“ އަކީ 1963 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ ކުންފުންޏެއްކަމަށެވެ. އަދި މި ކުންފުނީގެ ހެޑްކުއާރޓާސް ހުންނަނީ ލޮސްއެންޖެލިސްގައިކަމަށް ބުނެފައިވާއިރު 2017 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާގެ އިތުރުން 31 ގައުމެއްގައި އެއް ހާހަށްވުރެ ގިނަ އައުޓްލެޓް ބިނާކޮށްފައިވާކަމަށް ބުނެފައިވެއެވެ.

ރިޕޯޓުތަކުުގައިވާގޮތުން ”ދަ ކޮފީ ބީން“ގެ އައުޓްލެޓްތައް ރާއްޖޭގައި ހުޅުވުމަށް ކަނޑައެޅިފައިވަނީ 2024 ވަނަ އަހަރުގެ ޖުލިއި އަދި ސެޕްޓެމްބަރު މަހުގެ ދެމެދު ނުވަތަ 3 ވަނަ ކުއާޓާރގައިކަމަށެވެ. އަދި މިއީ އެ ކުންފުނިން ބައިނަލްއަގުވާމީ މައިދާނުގައި އިތުރަށް ވިޔަފާރި ފުޅާކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުން ބައެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ރާއްޖޭގައި އެ ކުންފުނިން މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވަނީ ވޯޓާރސްކޭޕްސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންނަކާއިއެކުކަމަށްވާއިރު، މިއީ ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެއްކަމަށާއި 2024ގެ ތިންވަތަނަ ކުއާރޓާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކެފޭތައް ހުޅުވުމުގެ މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާކަމަށްވެސް ބުނެފައިވާއިރު އަމާޒުކޮށްފައިވަނީ އެ ބްރޭންޑުގެ ބުއިންތައް ދިވެހިންނާއި ފަތުރުވެރިންނަށްވެސް ލިބޭނެ މަގުފަހިކޮށްދީ ކޮފީ އަދި ސައިފަތުގެ ދާއިރާއިން ތަފާތު ތަޖުރިބާއެއް ކުރެއްވުމަށް ފުރުސަތު ހުޅުވާލުންކަމަށްވެސް ބުނެފައިވެއެވެ.

”ދަ ކޮފީ ބީން“ ގެ ޗީފް ޑިވެލޮޕްމެންޓު އޮފިސަރު ޔޫސިފް އަބްދުލްގަނީ މީޑިއާތަކަށް މައުލޫމާތު ދެއްވިގޮތުން ކުރަން ނިންމާފައިވާ މަސައްކަތްތަކުން އެ ކުންފުނި ފުޅާކުރުމުގައި ގެންގުޅޭ ވިސްނުމުގެ އައު ހަރުފަތެއް ރަމްޒުކޮށްދޭކަމަށެވެ. އަދި މިކަމުގެ ސަބަބުން އެ ކުންފުނިން ކޮފީ އަދި ސައިފަތަށް ގެންގުޅޭ ލޮއިބާއި ޝައުގުވެރިކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި ހިއްސާކުރުމަށް އިތުރަށް ފުރުސަތު ފަހިވެގެންދާކަމަށްވެސް ވިދާޅުވެފައިވާއިރު ރާއްޖޭގައި މަގުބޫލު ހިތްގައިމު ބްރޭންޑެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރުމަށް އުންމީދުކުރައްވަމުންދާކަމަށްވެސް ވިދާޅުވިއެވެ.

ވޯޓާރސްކޭޕް އިންވެސްޓްމެންޓްސްގެ ސީއީއޯ ހުސައިން ހިލްމީ މީޑިއާތަކަށް މައުލޫމާތު ދެއްވިގޮތުން ބްރޭންޑުގެ ކުލަގަދަ ތާރީހާއި ގެނެސްދޭ ޝައުގުވެރިކަން އާލާކުރުވާ ފަދަ ޕްރޮޑަކްޓުތަކާއި ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާގައި އެ ކުންފުނީގެ ތަޖުރިބާއި އެއްތަންކުރުމުން ކުރިއަށް އޮތްތާނގައި ކާމިޔާބު މަސައްކަތްތަކެއް ކުރެވިގެންދާނެކަން ޔަގީންވާކަމަށެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 64%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: