ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޒަކާތު ހައުސިން އިން ހުޅުވާފައިފިއެވެ.
ޒަކާތު ހައުސިން އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި މާލެ ސިޓީ ( މާލެ، ހުޅުމާލެ އަދި ވިލިމާލެ ) އިން އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ޒަކާތު ހައުސިން އިން ފަޤީރުންނާއި މިސްކީތަކުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ގެޒެޓް ކޮށްފައިވަނީ 8 މެއި 2024 ގައެވެ. އަދި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށް 19 މެއި 2024 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 12:00 އަށް ފޯމު ހުށައެޅުމުގެ ފުރުސަތު ޙުޅުވާލެވިފައިވާ ކަމަށް ވަނީ އިއުލާން ކޮށްފައެވެ.
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފުރުޞަތު ހުޅުވާލުންhttps://t.co/UvXq8ydg6U #zakat #zakathousemv #maldiveszakathouse pic.twitter.com/2Dj2ltbzv6
— Maldives Zakat House (@ZakatHouseMv) May 16, 2024
މީގެ އިތުރުން މި އަހަރު ފިޠުރު ޒަކާތުގެ ފައިސާ ލިބިފައިވާ ފާރާތްތަކުގެ ތެރެއިން ޙާލަތު ބަދަލުވުމުގެ ސަބަބުން ދަފްތަރުން އުނިވެފައިވާކަން އަންގާފައިނުވާ ފަރާތްތަކަކީ މިވަގުތު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތައްކަށް ވާނަމަ، އެ ފާރާތްތަކުން ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް ފޯމު ހުށައަޅަން ނުޖެހޭނެ ކަމަށް ޒަކާތު ހައުސިން އިން ވަނީ އެދިފައެވެ.
ރާއްޖޭގެ ޒަކާތު ހައުސް އަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން އުފެއްދެވި އިދާރާއެކެވެ. ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

