ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޖްތިމާއީ ދުޅަހެޔޮކަން އާލާކުރުމަށް ތަމްރީނު ޕްރޮގުރާމް ތަކެއް ފަށައިފި

އިޖްތިމާއީ ދުޅަހެޔޮކަން އާލާކުރުމަށް ތަމްރީނު ޕްރޮގުރާމް ތަކެއް ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމައުގެ އިޖްތިމާއީ ދުޅަހެޔޮކަން އާލާކުރުމަށް، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ތަމްރީނު ޕްރޮގުރާމް ތަކެއް ފަށައިފި އެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މި ތަމްރީނު ޕްރޮގުރާމްއަކީ ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގުރާމްއެއް ކަމަށެވެ. އަދި މި މެއި މަހުގެ 13 އިން 18 އަށް ތަމްރީނު ޕްރޮގްރާމުގެ ފުރަތަމަ ސިލްސިލާ ވަނި ނިންމާލެވިފައި ކަމަށާއި މި ތަމްރީނު ޕްރޮގުރާމް ގައި ބައިވެރިވެފައިވަނީ މި ވުޒާރާގެ ތިން ޓީމަކުން ކަން ވަނީ ބަޔާންކޮށްފައެވެ. އެއީ ޕްރިވެންޝަން ޓީމާއ،ި ސްޓޭޓް ކެއަރ ޓީމް އަދި “ ހާލު ކިހިނެއް؟“ މި ޓީމް އެވެ.

ޕްރިވެންޝަން ޓީމުގެ މައިގަނޑު މަސައްކަތަކީ މުޖުތަމަޢުގައި ނޭދެވޭ ކަމެއް ވުމުގެ ކުރިން އެކަމެއް ވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި މުޖުތަމަޢުގައި ހަވާސާކުރެވިފައިވާ ފަރާތްތަކާއި، އެފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، ބޭނުންވާ އެހީތެރިކަން ފޯރު ކޮށްދިނުން ކަން ބަޔާނުގައި ވެއެވެ. ސްޓޭޓްކެއަރ، މި
ޑިޕާޓްމަންޓަށް މަތިކުރެވިފައިވާ އެންމެ ބޮޑު ޒިންމާއަކީ އަތޮޅުތަކުގައި ހުރި މި ވުޒާރާގެ ފެމިލީ ސެންޓަރުތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް މެދުކެނޑުމެއް ނެތި ގާތުން ބަލާ، ފޯރުކޮށްދޭ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ. އަދި މި ދެ ޓީމުގެ އިތުރުން، މި ތަމްރީނުގައި އަލަށް ފައްޓާ “ ހާލު ކިހިނެއް؟“ ޕްރޮގުރާމްގައި ހަރަކާތްތެރިވާ ފަރާތްތައްވެސް ބައިވެރިވާކަން އެ ވުޒާރާއިން ވަނީ ހާމާކޮށްފައެވެ.

“ ހާލު ކިހިނެއް؟“ މި ޕްރޮގުރާމްއަކީ ގޭގެއަށް ޒިޔާރަތްކޮށް ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ އާއިލާތަކުގެ ޙާލަތު ދެނެގަތުމަށް ކުރިއަށް ގެންދާ ޕްރޮގުރާމް އެކެވެ. ގޭގެއަށް ޒިޔާރަތްކުރާ ޓީމުތަކުން އެއްކުރާ މަޢުލޫމާތުތަކުގެ އެހީގައ،ި އެ ޢާއިލާތަކަށް ބޭނުންވާ އެހީތެރިކަން އަވަސްކަމާއި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތްކުރާ އިދާރީ ޓީމަށްވެސް މުހިންމު ހުނަރުތަކެއް އުނގެނުމުގެ ފުރުޞަތު މި ތަމްރީނު ޕްރޮގްރާމުގައި ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ނެރުނު ބާޔާނުގައި ވަނީ ހިއްސާކުރައްވާ ފައެވެ.

މި ވުޒާރާއިން ކުރިއަށް ގެންދާ މި ޕްރޮގުރާމްގެ މައިގަނޑު މަޤްސަދަކީ، ރައްޔިތުންގެ ޙާލަތު ދެނެގަނެ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޚިދުމަތްތެރިންނަކ،ީ އެޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް އޯގާތެރިކަމާއ،ި ކުލުނުވެރިކަމާއ،ި އެހީތެރިވެ، އެކަމަށް ހެޔޮހިތުން ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތްކުރާ ބަޔަކަށްހެދުމެވެ.

މީގެ އިތުރުން ކޮންމެ ރަށެއްގައިވެސް ދިރިއުޅޭ ޢާއިލާތަކަށް އެހީތެރިވުމަށް، ރަށުގެ އެހެން މުއައްސަސާތަކާއި ގުޅިގެން، މި ވުޒާރާގެ ބެލެނިވެރިކަމުގެ ދަށުން އެކުލަވާލައިފައިވާ އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ޓީމުތަކަށްވެސް އިތުރު ތަމްރީނު ޕްރޮގްރާމުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަން އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: