ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުގެ އިގްތިސާދެއް ގާއިމްކުރުމުގައި މިފްކޯ ބައިވެރިއެއްގެ ގޮތުގައި އޮންނާނެ: ސަމާހު

މިފްކޯގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަމާހް ރަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުގެ އިގްތިސާދެއް ގާއިމްކުރުމުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ބައިވެރިއެއްގެ ގޮތުގައި އޮންނާނެ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަމާހް ރަޝީދު ވިދާޅުވެއްޖެއެވެ.

ސަމާހު މިފަދައިން ވިދާޅުވީ އިންފޯ ފިޝް ޓޫނާ ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ. ސަމާހު ވިދާޅުވީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އަސާސަކީ ދޮށީގެ މަސްވެރިކަމަށް ވެފައި، ބާނާ މަހުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި އެންމެ ކޮލިޓީ ގޮތުގައި އެބަ ބަލައިގަންނަކަމަށެވެ. މަ އެއާއެކު ބައިކެޗް އުފެދުނަނުދީ، ކަނޑުގެ ދިރުންތަކަށް އެންމެ ގެއްލުން ކުޑަ މަސްވެރިކަމަކީވެސް އެއީކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ މަސްވެރިންނަށް ހެޔޮ ގޮތް ހޯދައިދިނުމަކީ އަމާޒުކަމަށެވެ.

ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމުގެ އިތުރުން، ކަނޑު މަހުގެ އުފެއްދުންތައް ތައްޔާރު ކުރަނީ އެގޮތަށް ބަލައިގެންކަމަށް ފާހަގަކޮށް ސަމާހު ވިދާޅުވީ، ކޮލިޓީގެ އެންމެ އުސްފަންތީގައި ދެމިތިބުމަށާއި، އިސްރާފު ކުޑަ ކުރުމަށް ކުރަންޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާކަމަށެވެ.

އަޅުގަނޑުމެންގެ ކަނޑުމަހުގެ އުފެއްދުންތަކަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސެޓިފިކެޓްތަކާއެކު އުފައްދާ އުފެއްދުންތަކެއް.

ސަމާހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ސަރުކާރާއި އެކު މިފްކޯއިން މިދަނީ ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށްވެސް ހުއްޓުމެއްނެތި ދަނީ މަސައްކަތް ކުރަމުންކަމަށް ވިދާޅުވިއެވެ.

ދިވެހި ކަނޑުމަހާއި އޭގެ އުފެއްދުންތަކަށް ދުނިޔޭގެ އިތުރު މާކެޓްތައް ހޯދައި، ފުޅާ ކުރުމަށް މިފްކޯއިން އިސްނަގައިގެން އަބަދުވެސް މަސައްކަތް ކުރާކަމަށްވެސް ވިދާޅުވިއެވެ. ހަމައެއާއެކު ކޭނަރީއާއި، މަސް ރައްކާކުރާ ވަސީލަތްތަކާއި، މަސްކިރާ ބޯޓުފަހަރުތަކަށްވެސް އިންވެސްޓް ކުރުމަށް ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް އަޅުގަނޑު މަރުހަބާ ކިޔާކަން ފާހަގަކުރެއްވިއެވެ.

މިފްކޯއަކީ ދެމެހެއްޓެނިވި ކަނޑުގެ އިގްތިސާދެއް ގާއިމްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާއިރު، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކޮށް، ފާގަތި މުސްތަގުބަލެއް ރާއްޖެއަށް ބިނާކޮށްދޭނެ ބައިވެރިއެއްގެ ގޮތުގައި އެ ކުންފުނި އޮންނާނެކަމަށްވެސް ސަމާހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: