ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއްދަތު ހަމަވީއިރު، އަދިވެސް 277 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަ ނާޅަ!

ރައްޔިތުންގެ މަޖިލީސް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި 368 ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށައެޅީ 91 ކެންޑިޑޭޓަކުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެއީ އަމިއްލަ ގޮތުން ވާދަ ކުރި 35 ކެންޑިޑޭޓެއްގެ އަދި، ޕާޓީތަކުގެ ފަރާތުން ވާދަކުރި 56 ކެންޑިޑޭޓެއްގައެވެ.

އިންތިހާބުގައި ނާކާމިޔާބު ވީ ނަމަވެސް، ހުރިހާ ކެންޑިޑޭޓުންވެސް އިންތިހާބާ ގުޅޭ މާލީ މައުލޫމާތުތައް ހިމެނޭ ބަޔާނެއް ކޮމިޝަނަށް ހުށައަޅަން ޖެހޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މާލީ ބަޔާން ހުށައެޅުމަށް ހުޅުވާލީ މިއަދު ނިޔަލަށެވެ. އެހެން ނަމަވެސް އަދިވެސް 277 ކެންޑިޑޭޓުން ބަޔާން ހުށައަޅާފައެއް ނުވެއެވެ. މާލީ ބަޔާން ހުށަ ނާޅާ ނުވަތަ ދޮގު މައުލޫމާތު ދީފި ހާލަތެއްގައި ގާނޫނީ ގޮތުން އަދަބު ކަނޑައެޅިފަވެއެވެ.

އެގޮތުން އެއް އަހަރުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 72،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ކަނޑައެޅިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: