ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިރާންގެ ރައީސްއަށް ތަޢުޒިޔާ ދެންނެވުމަށް ރައީސްގެ ޚާއްޞަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރ ޝަރީފް އިރާންއަށް ފުރައިވަޑައިގެންފި

އިބްރާހިމް ރައީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީއާއި ޚާރިޖީ ވަޒީރު ޙުސައިން އާމިރު ޢަބްދުއްލަހިޔާނަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް ޢުމަރު، އީރާނަށް ފުރާވަޑައިގެންފިއެވެ.

އިރާންގެ ރައީސް އާއި ޙާރިޖީ ވަޒީރު އަވަހާރަވުމާއި ގުޅިގެން ރައީސްވަނީ އީރާނުގެ އިންތިޤާލީ ރައީސް މުޙައްމަދު މުޚްބަރުއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފައެވެ. ރައީސްގެ މެސެޖުގައި، ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީގެ ކުއްލި ވަކިވެދިއުމަކީ އީރާނުގެ އެތައް ބައެއްގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރުވާނެކަމެއް ކަމުގައި ވަނީ ވިދާޅުވެފައި ވެއެވެ. އަދި އިސްލާމީ އަސްލުތައް ހިފެހެއްޓުމުގައި ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ ކަންކަމުގައި ފަސްޖެހިވަޑައިގަތުމެއްނެތި ގޮތް ނިންމެވުމުގެ ސަބަބުން ހިތްތަކަށް ފިނިކަން ގެނުވައި އެތައް ބަޔަކަށް ހިތްވަރު ލިބިގެންދިޔަ ކަމުގައި ރައީސްގެ މެސެޖުގައި ވަނީ ފާހަގަކުރެއްވިއެވެ.

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގާ ރަސްމީގޮތުން ހިތާމަ ފާޅުކުރެއްވުމުގެ ގޮތުން، 21 މެއި 2024 ވީ އަންގާރަދުވަހުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ވަނީ ރައީސް ނިންމަވާފައެވެ.

އީރާނުގެ ރައީސް ޑރ އިބްރާހީމް ރައީސީ އަވާހަރަވީ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރަށް ދިމާވި ހާދިސާއަކާއި ގުޅިގެން، ހެލިކޮޕްޓަރު ވެއްޓުމުގެ ސަބަބުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: