މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އައިޝާ ނޫރައިން ޖަނާހް އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެމްއެމްޕީއާރްސީގެ ފަރާތުން ބައެއް ބޭފުޅުން ވަނީ މިކަންތައް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އިސްތިއުފާ ދެއްވީ ކޮން ސަބަބަކާއި ގުޅިގެންކަމެއް ސަފެއް ނުވެއެވެ.
އެމްއެމްޕީއާރްސީގެ ފުރަތަމަ ޗެއާޕާސަންގެ މަގާމަށް ނޫރައިން އައްޔަންކުރީ ޑިސެމްބަރު 27، 2023 ގައެވެ.
މީގެ ކުރީގައި ނޫރައިން ދިރިއުޅުއްވީ ސްވިޒަލޭންޑްގައެވެ. ނޫރައިން އަކީ ޗާޓާޑް އެކައުންޓަންޓެކެވެ. ގިނަ ބައެއްގެ ސަމާލުކަން ނޫރައިން ހޯދީ އިނގިރޭސި ބަހުން ދިން އިންޓަވިއުއަކަށް ފަހުއެވެ. އެއީ ޑުބާއީގައި ކުރިއަށް ގެންދިޔަ ވޯލްޑް ޓްރެވަލް އެވޯޑްސް ހަފްލާގައި މީޑިއާތަކަށް ދެއްވި އިންޓަރވިއުއެއްގައެވެ.

