ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ މަސް ގަންނަ ގައުމުތަކުން މަތިކޮއްފައިވާ އިމްޕޯޓް ޑިއުޓީ: ފިޝަރީޒް މިނިސްޓަރ

އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް އެންމެ ބޮޑު ގޮންޖެހުމަކީ ތަރައްޤީވެފައިވާ ގައުމުތަކުން މަތިކޮށްފައިވާ ބޮޑު އިމްޕޯޓް ޑިއުޓީ: ފިޝަރީޒް މިނިސްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިކަމުގެ ސިނާޢަތުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އެކްސްޕޯޓްކުރާ މަހުގެ ބާއްވަތްތަކަށް ތަރައްޤީވެފައިވާ ގައުމުތަކުން މަތިކޮށްފައިވާ ބޮޑު އިމްޕޯޓް ޑިއުޓީ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިމަހުގެ 20 އިން 22 އަށް ކުރިއަށްދާ 18 ވަނަ “ އިންފޯ ފިޝް ވޯލްޑް ޓޫނާ ޓްރޭޑް “ ކޮންފަރެންސް އެންޑް އެގްޒިބިޝަންގެ ތެރެއިން ކުރިއަށްގެންދިޔަ ( މިނިސްޓީރިއަލް އެންޑް އިންޑަސްޓްރީ ހައިލެވެލް ޑައިލޮގް އޮން ސަސްޓެއިނަބަލް ޓޫނާ ފިޝަރީޒް ) ގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވި، އެކްސްޕޯޓްކުރާ މަހުގެ ބާއްވަތްތަކަށް ތަރައްޤީވެފައިވާ ގައުމުތަކުން މަތިކޮށްފައިވާ ބޮޑު އިމްޕޯޓް ޑިއުޓީގެ ސަބަބުން ކުދިގައުމުތަކުގެ އުޅަނދުފަހަރުން ބާނައި އަދި އުފައްދާ މަހުގެ ބާވަތްތަކަށް ތަރައްޤީވެފައިވާ ގައުމުތަކުގެ އިންޑަސްޓްރިއަލް އުޅަނދުފަހަރުން ބާނާ މަހާއި ބައިނަލްއަޤްވާމީ ބާޒާރުތަކުގައި ވާދަކުރުމަށް ނުކުޅެދިފައިވާކަމަށެވެ.

މީގެ އިތުރުން، މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ ކަނޑުމަހުގެ މަސްވެރިކަމަށް ނުވަތަ ޓޫނާ ފިޝަރީޒްއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެއްވެސް ބެލެހެއްޓުމެއް ނެތި ހަރަކާތްތެރިވާ މަސްވެރި އުޅަނދުތަކުން ގަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަމެވެ. އަދި މިިކަން ހުއްޓުވުމަށް ގައުމުތަކުން އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވަނީ މިނިސްޓަރ ވަނީ  ފާހަގަކުރައްވާފައެވެ. އަދި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް އެގައުމުތަކުގެ ކަނޑުގެ ސަރަހައްދުތަކުގައާއި “ ހައި ސީސް “ ނުވަތަ ބޭރުކަނޑުގައި ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން މޮނިޓަރކޮށް އެކަން ހުއްޓުވުމަށް ބޮޑެތި ޚަރަދުތަކެއް ކުރަމުންދާކަމަށާއި ނަމަވެސް މިކަން ކާމިޔާބުވާނީ ހުރިހާ ގައުމުތަކެއް ގުޅިގެން މިފަދަ ފިޔަވަޅުތަކެއް އެޅިގެން ކަމަށް ފާހަގަކޮށްފައި ވެއެވެ.

“ އިންފޯފިޝް ވޯލްޑް ޓޫނާ “ ކޮންފަރެންސް އެންޑް އެގްޒިބިޝަން ކުރިއަށް ދާނީ މިމަހުގެ 20 އިން 22 އަށް ތައިލެންޑްގެ ބެންގްކޮކްގައެވެ. މިކޮންފަރެންސްގެ ތެރެއިން ކަނޑު މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް (މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތައް، މާކެޓްކުރާ ފަރާތްތައް، ސިޔާސަތު ކަނޑައަޅާ ސަރުކާރުގެ ފަރާތްތައް، އިންޑަސްޓްރީގެ އެކްސްޕާޓުން އަދި ސަރަހައްދީ ބައިނަލްއަޤްވާމީ އަދި އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކުނާއި ދިރާސާކުރާ ފަރާތައް) މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި، ދެމެހެއްޓެނިވި މަސްވެރި ސިނާޢަތެއް ޤާއިމްކުރުމަށްޓަކައި ކުރިއަރާފައިވާ ޓެކްނޮލޮޖީ އަދި ޒަމާނީ އާލާތްތަކާއި އުކުޅުތައް ބޭނުންކޮށްގެން ކުރެވެމުންދާ މަސައްކަތް ދައްކާލައި އެކަމާއި ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: