ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް މޫސުމް ގޯސްވާނެ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއިން ޢިއުލާން ކޮށްފިއެވެ.
ހުޅަނގު މޫސުމުގެ ވިއްސާރައިގައި އުތުރާއި މެދުރާއްޖެތެރެ ސަރަހައްދަށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދު ވައިބާރުވާނެ ކަމަށް އެ ވުޒާރާއިން ޢިއުލާން ކޮށްފައިވަނީ 21 މެއި 2024 ގައެވެ. އަދި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރާނެ ކަމަށާއި ވިއްސާރަކުރާނެ ކަމަށް ވަނީ މަޢުލޫމާތު ދީފައެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކަށް ރައްކާތެރި ވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
ރަށުފެންވަރުގައި ރައްޔިތުން ހޭލުންތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅު ތަކުގެ ތެރޭގައި:
- ވާރޭ ވެހި ފެންބޮޑުވެދާނެ ކަމަށް ރައްކާތެރިވުން
- ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން. ( މިގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާ ފަދަ ތަކެތި ޖެއްސުން )
- ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ ފަދަ މުދާ ފެން ނުޖެހޭ ފަދަ އުސްތަންތަނަށް ބަދަލުކުރުން. ( އުސް ތަންތަނަށް ބަދަލު ނުކުރެވ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލު ކުރުން )
- ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރި ކުރުން
- ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިންވާލައިފައި ބެހެއްޓުން
- ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަޤީންކުރުން
ނިމިދިޔަ 2 ހަފްތާގެ ތެރޭގައި ހިނގި އެކި ހާދިސާތައް ބަލާއިރު 7 ރަށެއްގައި ފުރާޅަށް ގެއްލުން ލިބިގެން ވަނީ ރިޕޯޓްކޮށްފައެވެ އެއީ ހއ. ދިއްދޫ، މަރަދޫ ފޭދޫ، ފުވަމުލައް،
ދ. ބަނޑިދޫ، ވ. ފުލިދޫ، ސ. ފޭދޫ އަދި ޅ. ނައިފަރު އެވެ. އަދި ފެންބޮޑުވެގެން ތ. ތިމަރަފުށި އަދި ފ. ފީއަލިއިން ވަނީ ރިޕޯޓްކޮށްފައެވެ. ގަދަ ވައިގެ ސަބަބުން އެކި ސަރަހައްދުން ގަސްވެއްޓިގެން ރިޕޯޓްކޮށްފައިވަނީ ށ. މާއުގޫދޫ އާއި ބ. އޭދަފުށިއިން ނެވެ.

