ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް އަޅަނީ

ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލެއް ހެދުމަށް ޗައިނާގެ ސަރުކާރާއިއެކު އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުންވަނީ 10 ޖެނުއަރީ 2024 ގައި އެއްބަސް ވުމެއްގައި ސޮއިކޮށްފައެވެ. މި މަސައްކަތުގެ ފީސިބިލިޓީ ސްޓަޑީ ތައްޔާރުކުރުމަށް މިއަދު ލެޓަރ އޮފް އެކްސްޗޭންޖެއްގައި ވަނީ ސޮއިކުރައްވާ ފައެވެ.

މި ލެޓަރ އޮފް އެކްސްޗޭންޖެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާތްރާތްކުރުމާއި ބިނާރާއާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މެޑަމް ވަންގ ލިޒިން އެވެ. އަދި މި ރަސްމިއްޔާތުގައި ސިއްހީ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ ޙަލީލު އާއި އައިޖީއެމްއެޗްގ ސީ.އީ.އޯ އިބްރާހީމް އަބްދުލް ރައްޒާގު ހަލީމް ވަނީ ބައިވެރިވަޑައިގަންފައެވެ.

މި މަސައްކަތުގެ ޓެންޓަރ މަރުހަލާއަށް ބެނުންވާ އެންމެހާ ތަފްސީލުތަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ރާއްޖެ ޒިޔާރަތްކޮށް ބޭނުންވާ އެންމެހާ ލިޔެކިޔުންތަށް ތައްޔާރު ކުރެވިގެންދާނެ ކަމަށް އެ ވުޒާރާއިންވަނީ ހާމާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: