ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ގެންދިޔުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ 2024 ގެ ދިރާސީ އައު އަހަރުގެ ކިޔަވައިދުނުން ފެށުމަށް ހަމަޖެހިފައިވާނީ މިއަހަރުގެ 26 މޭމަހުގެ އާދިއްތަ ދުވަހު ކަމަށެވެ.

އެހެންނަަމަވެސް މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރު ފަތުރުކުރުމަށް ބުރޫއަރާފައިވާ ދުވަސްވަރަކަށް ވުމުން ކުރިމަތިވެފައިވާ އުނދަގޫ މޫސުމީ ހާލަތަށް ރިއާޔަތްކޮށް ދަރިވަރުންނަށް ފިލާވަޅުތައް ގެއްލޭ މިންވަރު ކުޑަކުރުމަށް އިންތިޒާމް ކުރައްވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން 26، 27 އަދި 28 މިތިންދުވަހު ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން ކޮންމެ ދަންފަޅިއެއްވެސް 2 ގަޑިިއިރާއި 3 ގަޑިއިރާ ދެމެދަށް ފައްތައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ދުވަސްތަކުގައި ދަރިވަރުންގެ މެދުގައި އެކަކު އަނެކަކަށް އިހްތިރާމުކުރުމުގެ މަތިވެރި އާދަ އަށަގެންނެވުމާއި ދަރިވަރުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް އިސްކަންދިނުމާއި ހަނގާކުރުމާ ދެކޮޅަށް އަމާޒު ކުރެވިގެން ހިންގާ ހާއްސަ ޕްރޮގްރާމްތަކެއް ސްކޫލް ފެންވަރުގައި ރާވާ ހިންގަވާނެ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: