ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ވަޒީފާތަކަށް އެޖެންސީއެއް މެދުވެރިނުކޮށް ބިދޭސީން ގެނެވޭ ގޮތް ހަދައިފި

ބިދޭސީން ގާނޫނަށް ފެއްތުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ވަޒީފާތަކަށް އެޖެންސީއެއް މެދުވެރިނުކޮށް ބިދޭސީން ގެނެވޭ ގޮތަށް، ވަޒީފާ ހަމަޖައްސައިދޭ އެޖެންސީއާ ބެހޭ ގަވާއިދު އިސްލާހުކޮށްފިއެވެ.

ޓެކްނިކަލް އަދި ޕްރޮފެޝަނަލް ވަޒީފާތަކަށް ދެން އެޖެންސީއެއް މެދުވެރިނުވެ ބިދޭސީއިން ގެނެވޭނެއެވެ. މި ގަވާއިދު ކުރިން އޮތް ގޮތުން ދައުލަތުގެ ހިއްސާ އޮންނަ ތަންތަނަށްވެސް، ބިދޭސީން ގެނެސް، ވަޒީފާ އަދާ ކުރުމުގެ ހުއްދަ ހޯދަންޖެހޭނީ ލައިސަންސް އޮތް އެޖެންސީއެއް މެދުވެރިކޮށެވެ.

ގަވާއިދަށް ބަދަލު ގެނައި ނަމަވެސް، ބިދޭސީން ފިޔަވައި އެހެން މީހުން ރެކްރޫޓު ކުރަން ވާނީ އަދި ވަޒީފާ އަދާ ކުރުމުގެ ހުއްދަ ހޯދަންޖެހޭނީ އެޖެންސީއެއް މެދުވެރިކޮށްކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.

2022 ވަނަ އަހަރު ރާއްޖޭގައި ބޯހިމެނިއިރު، 515،122 މީހުން ދިރިއުޅޭއިރު އޭގެ ތެރެއިން 132،371 މީހުންނަކީ ބިދޭސީންނެވެ. އެއީ އާބާދީގެ 26 ޕަސެންޓެވެ.

ސަރުކާރުން މިހާރުވެސް ދަނީ ބިދޭސީއިން ގަވާއިދަށް ފެއްތުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: