ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގެ ނަން ކިޔުން ރަނގަޅުވާނީ މާލެގެ ބޮޑު މަގަކަށް : މައުމޫނު

ފަލަސްތީނުގެ ނަން ކިޔުން ރަނގަޅުވާނީ މާލެގެ ބޮޑު މަގަކަށް : މައުމޫނު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގަކަށް ”ފަލަސްތީނު ހިނގުން“ އެ ނަން ކިޔަން ވާނީ ބޮޑު މަގަކަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މައުމޫނު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފަލަސްތީނާއި ގުޅުވައިގެން މާލޭގެ މަގަކަށް ނަން ކިއުމަކީ ފެނިވަޑައިގަންނަވާ ކަމެއް ކަމަށާއި ނަމަވެސް އެ ނަން ކިޔުން އެންމެ އެކަށީގެން ވަނީ މާލޭގެ ބޮޑު މަގަކަށްކަން ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލްގެ އިއްޔެ ބައްދަލުވުމުގައި މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައި ”ފަލަސްތީނު ހިނގުން“ ކިޔަން ހުށަހެޅުއްވީ މާލޭގެ މޭޔަރު އާދަމް އާޒިމެވެ. މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައި ”ފަލަސްތީނު ހިނގުން“ ކިޔަން މާލެ ސިޓީ ކައުންސިލުންގެ ފަރާތުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގައި އެއްވެސް ނަމެއް ނުކިޔާ ދެ މަގެއް އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ ތަނުން މަގަކަށް ނޫނީ އެ ނޫން ވެސް މަގަކަށް ”ފަލަސްތީނު ހިނގުން“ ކިޔަން ފެނޭތޯ އޭނާ އޭނާ ވަނީ ސުވާލުކޮށްފައެވެ. އަދި ފަލަސްތީނަކީ ވަރަށް ބޮޑަށް ދިވެހިންގެ ހިތާ ގުޅިފައިވާ ބައެއް ކަމަށާއި އެފަދަ ގައުމަކަށް ދިވެހިންގެ އިހްތިރާމް އަދާކުރުމަށް އެގައުމާ ގުޅުވައި މަގަކަށް ނަން ކިއުމަކީ، އެދޭ ގޮތެއް ކަމުގައި އާޒިމްވަނީ ވިދާޅުވެ ފައެވެ. އާޒިމްގެ މި ހުށައެޅުން ކައުންސިލް ބައްދަލުމުގައި ވަނީ ފާސްކޮށްފައެވެ. އަދި އެ ނަން ކިޔާނެ މަގަކާއި އިތުރު މައުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަމަށާއި ނަން ކިޔާނީ ރަސްމިއްޔާތަކާ އެކުގައި ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: