ދިވެހި ބަހާއި ބެހޭ ގޮތުން ދިރާސާއެއް ކުރަންވަން ނިންމައިފައިވާކަމަށް ދިވެހި ބަހާއި ތަރިކައާއި ބެހޭ ވުޒާރާގެ މިނިސްޓަރ އާދަމް ނަސީރު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވަޒީރު ވިދާޅުވީ ދިވެހި ބަހާއި ބެހޭ ގޮތުން ދިރާސާއެއް ކުރަންވަން ނިންމަވާފައިވާ ކަމަށާއި އަދި އެކަމުގެ އަމަލީ މަސައްކަތް އަންނަ ހަފްތާ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއެކުވެފައިވާ އެއްބަސް ވުމުގެ ތެރެއިން އެންމެ މުހިންމު ކަމެއް ގޮތުގައި ޅެން ފަރުވާއާއި ބެހޭގޮތުން ދިރާސާހެދުން ހިމެނޭކަމަށެވެ. އަދި ޅެންފަރުވާއާއި ބެހޭ ގޮތުން ދުނިޔޭގެ ފެންވަރުގައި އެތައް ފޮތެެއް ލިޔެވިފައި ހުރި ނަމަވެސް މިހާތަނަށް އައިރު ދިވެހިބަހުން ދިވެހި ބޭނުންކޮށްގެން އެކަން ކުރާނެ ގޮތެއް ލިޔެވިފައި ނުވާ ކަމަށް ވަޒީރުވަނީ ފާހަގަކޮށްފައެވެ. އަދި މިކަމާއި ގުޅިގެން ގައުމީ ޔުނިސިޓީއިން މަސައްކަތް ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ވަޒީރު ވިދާޅުވީ ދިވެހި ބަހުގެ އަޑުތައް ރައްކާތެރި ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
“ އެމްއެންޔޫ އާއެކުވެވުނު އެއްބަސް ވުމުގައި މާތްގަނޑު ކަމަކަށް އޮންނާނީ ޅެން ފަރުވާއާއި ބެހޭ ގޮތުން ދިރާސާއެއް ހެދުން…އެއީ ޅެން ފަރުވާއާއި ބެހޭގޮތުން ދުނިޔޭގައި އެބަހުރި އެތައްހާސް ފޮތެއް ލިޔެވިފައި… އެތައްހާސް ދިރާސާއެއް ހެދިފައި…ފެނިވަޑައި ގަންނަވާނެ ޕޮއެޓްރީ ތިރަޕީ ޖައްސަވާލެއްވީމައި ޔޫޓިއުބުންވެސް ފެނިވަޑައި ގަނަނަވާނެ.. އެކަމަކު ނެހެދޭ ދިރާސާއެެއް އެބައޮތް..އެއީ ދިވެހި ބަސް ބޭނުން ކޮށްގެން އެކަން ކުރާނީ ކިހިނެއްތޯ.. “ ވަޒީރު ވިދާޅުވިއެވެ.
ދިވެހިބަހަށް ހިޔަނި އެޅެމުން ދާ ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ދިވެހިބަހަށް ހިޔަނި އެޅެމުން ދާ ކަމަށް ބޭރުގެ ޔުނިވާސިޓީތަކާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ކުރި ދިރާސާ ތަކުންވެސް ފެނިގެން ދާ ކަމަށާއި އަދި އެކަމަށް ސަމާލުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ދިވެހި އަޑުތަކާއި ބެހޭ ގޮތުން ބައެއް ފަރާތް ތަކުން ވަރަށް ގިނަ ދިރާސާ ކުރައްވާފައިވާ ކަން ވަޒީރު ވަނީ ފާހަގަކުރެއްވިއެވެ.
“ މިސާލަކަށް ފަޠީޠަތުލް ޝައިޙު ހުސެއިން ރަޝީދު އޮންނާނެ ފޮތެއް ލިޔުއްވާފައި..ޑރ. ހަސަން ހަމީދު އޮންނާނެ ވަރަށް ޢިލްމީ މަޒުމޫނެއް ލިޔުއްވާފަ.. އެކަމަކު މި ލިޔުއްވުނަތައް އެހެން ލިޔުއްވީމައި އެއީ ހަމަ ދިރާސާ ކުރްނ އޮތް ހަޤީޤަތެއް ގޮތުގައި އޮތީ..އެ އަމަލީ އެއް ނުވޭ …ވަޒީރު ވިދާޅުވިއެވެ.
ދިވެހިބަސް ކިޔާވާދެވޭނެ ގޮތެއް އޮތުމަކީ ވަޒީރު އެދިލައްވާ ކަމެއްކަމަށާއި އަދި އަކުރުގެ އަޑުތައް ފާހަގަކޮށް، އަކުރު ކިޔަވާދިނުމުގައި ވަކި ހަމަތަކެއް ބޭނުންކުރެވިދާނެކަން ހޯދުމަކީ ވުޒާރާގެ ޒިންމާއެއްކަން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ކިޔަވާއި ދޭނެގޮތް ބަލާނީ އެހެން ވުޒާރާއަކުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
“ ދިވެހި ބަހުގެ ވުޒާރާއަށް އޮންނާނީ އެ ހޯދާފައި އެބައޮތޭ ބުނުން އަދި އެކަން ކުރެވޭނެ މަގު ފަހިކޮށްދިނުން “ ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ޤައުމީ ތަރިކަ އާލާކޮށް އިޔާދަކުރުމުގެ މަސައްކަތް ސަރުކާރުން ފަށަން ނިންމާފައިވާއިރު، މިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުތަކުގެ ތެރެއިން ހަފްތާ 14 ގައި ހިމެނިފައިވާ މުހިންމު ވައުދެކެވެ.

