ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމަކަށް ބަދަލުކުރަނީ

އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމަކަށް ބަދަލުކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަލްޓަން ޕާކުގައި ހުންނަ އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމް އަކަށް ބަދަލު ކުރަން ނިންމަވާފައިވާ ކަމަށް ދިވެހި ބަހާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ވަޒީރު ވިދާޅުވީ، އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމަކަށް ބަދަލުކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދަން ފަށާފައިވާ ކަމަށެވެ. އުސްގެކޮޅަކީ ދިވެހި ރަސްކަމުގެ 800 އަހަރުވީ ގަނޑުވަރެއް ކަމަށާއި އެ ގަނޑުވަރުގެ ސަލާމަތުން ހުރި ބައި ރަސްރަނި ބަގީޗާއިން ފެންނަން ހުންނާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ، އުސްގެކޮޅު އިންޓަރެކްޓިވް މިއުޒިއަމަކަށް ބަދަލު ކުރުމާއި ރަސްރަނި ޕާކު ގިނަގުނަ ތަޖުރިބާ (އިމާސިވް އެކްސްޕީރިއަންސް) އަކަށް ލިބޭ ގޮތަށް ބަދަލު ކުރުމުގެ މަސައްކަތަށް ބޭރުގެ ބައެއް ފަރާތްތަކާއި މަޝްވަރާކުރެވި، ލިޔެކިޔުންތައް ފޮނުވިފައިވާ ކަމަށެވެ.

”އެ މަސަައްކަތް ހިނގަމުން އެބަދޭ.. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންގެ މި ދައުރު ތެރޭގައި ހަގީގަތަަކަށް ވެގެން ދާނެ، މިކަހަލަ ކޮންމެ ކަމަކީވެސް ހާއްސަކޮށް.. އިންޓަރެކްޓިވް މިއުޒިއަމެއް ހަދާ ވާހަކަ ދައްކާއިރު..ރާއްޖެއިން މި ކަމާއި ބެހޭ ފަންނީ އެހީތެރިކަން ވަރަށް ދަތި..“ ވަޒީރު ވިދާޅުވިއެވެ.

2016 ވަނަ އަހަރު ހައުސިން މިނިސްޓްރީގެ މަގާމުގައި ރައީސް މުއިއްޒު ހުންނެވިއިރު އުސްގެކޮޅުގައި ކުޑަކުދިންގެ ސަގާފީ މަރުކަޒެއް ގޮތުގައި ގާއިމްކުރުމަށް ވަނީ ސޮއިކުރައްވާ ފައެވެ. ނަމަވެސް 2020 އަހަރު އެތަން ބޭނުންކޮށްފައި ވަނީ ގުދަން ކުރުމަށް ކަމަށް އޭރުގެ މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވަނީ ވިދާޅުވެފައެވެ.

މިހާރުގެ ސަރުކާރުން ނިންމާފައިވަނީ އުސްގެ ކޮޅު އިންޓަރެކްޓިވް މިއުޒިޔަމަކަށް ބަދަލުކުރުމަށެވެ. އަދި މިއީ ރައީސް މުއިއްޒު ބޭނުންފުޅުވެގެން އެތަނަށް ގެންނަ ހާއްސަ ބަދަލެއް ކަމަށާއި އަދި މިކަން ކުރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއި އެކު، ދިވެހިންނަށް ބޭނުންވާ ގޮތަށް، ދިވެހިންނަށް އަސްލު ވަންތަކަން ހިމެނޭ ގޮތަށް އެކަން ކުރެވިގެންދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: