ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިނަލްއަޤްވާމީ މާލީ އޮނިގަނޑަށް އިޞްލާޙުތަކެއް ގެނަން ޖެހޭ: ރައީސް

ސިޑްސްއަށް ބޭނުންވާ ވަސީލަތްތައް މޮބިލައިޒްކުރުމާ ބެހޭގޮތުން ބޭއްވެވި މަތީ ފަންތީގެ ބައްދަލުވުމުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އުފެއްދުންތެރިކަމާއި ދައުލަތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ބައިނަލްއަޤްވާމީ މާލީ އޮނިގަނޑަށް އިޞްލާޙުތަކެއް ގެނައުމަށާއި އަމިއްލަ ފަރާތްތަކުން ހޯދާ މާލީ އެހީތެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސިޑްސްއަށް ބޭނުންވާ ވަސީލަތްތައް މޮބިލައިޒްކުރުމާ ބެހޭގޮތުން ބޭއްވެވި މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ދޭދޭ ޤައުމުތަކުން ދަރަންޏަށް ފައިސާ ނެގުމުގެ ޚަރަދު ބޮޑުވުމާއި އަތްފޯރާފަށުގައި މާލީއެހީތައް ހޯދުމުގައި ހުރި ދަތިތައް ފާހަގަކުރެއްވިއެވެ. އަދި ރާއްޖެ ހިމެނޭގޮތަށް އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުން އަރައިގެންފައިވާ އެހެނިހެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށްވެސް މިކަމުގެ ތަކުލީފު ބޮޑުކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ކުރިއެރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މާލީ އެހީ އިތުރުކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ވަޢުދުވެފައިވީ ނަމަވެސް، ފާއިތުވި ދެ އަހަރު ތެރޭގައި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ބޭރުގެ ވަޞީލަތްތައް ލިބޭ މިންވަރު ދަށަށް ގޮސްފައިވާކަމުގެ ކަންބޮޑުވުން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ތަރައްޤީގެ މަގުގައި ކުރިއަށްދިއުމާއި، ސްކޫލްތައް ބިނާކުރުން ފަދަ ޢުމްރާނީ ތަރައްޤީއަށް މުހިންމު ކަންކަމަށް ކުރަންހުންނަ ހޭދައިގެ ބަދަލުގައި ރަށްރަށުގެ ތޮށިގަނޑުލުން ފަދަ ކަންކަން އިސްކުރަން މަޖުބޫރުވުމަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާ ކުރިމަތިލާން ޖެހިގެން ވާނެކަމެއް ނޫންކަމުގައި ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، މަލްޓިލޭޓަރަލް ޑިވެލޮޕްމަންޓް ބޭންކް (އެމް.ޑީ.ބީ) ތަކާއި އިންޓަރނޭޝަނަލް ފައިނޭންޝިއަލް އިންސްޓިޓިއުޝަން (އައި.އެފް.އައި) ތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ފަހިވާގޮތަށް ބައެއް އެދެވޭ ބަދަލުތައް ގެނައުމަށް ގޮވާލެއްވިއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤްވާމީ ކެޕިޓަލް މާކެޓްތައް މެދުވެރިކޮށް ޕޮޒިޓިވް ކްރެޑިޓް ރޭޓިންގައި ފައިސާ ހޯދޭނެ ގޮތްތައް ފަހިކުރުމާއެކު ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ފާއިތުވި ތިރީހަކަށް އަހަރު ވަޢުދުވެފައިވާގޮތަށް ލުއިފަސޭހަ ގޮތްތަކެއްގައި ލޯނު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ގޮވާލައްވާފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ކުދިޖަޒީރާ ޤައުމުތަކުގެ ތަރައްޤީގެ ބައިވެރިން އެމް.ޑީ.ބީ ތަކާއި ގުޅިގެން އަދި އަމިއްލަ ފަރާތްތަކާއެކު ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކަށް ފޯރުކޮށްދޭ އެހީގެ މިންވަރު އިތުރުކުރުމަށް ވެސް އެމަނިކުފާނު ހުށަހެޅުއްވިއެވެ. ސިޑްސްގެ ޤައުމުތަކުންވެސް ކުރިޔަށް ވިސްނައި، މިހާރަށްވުރެ ބޮޑު ތަސައްވުރެއްގައި ތަރައްޤީގެ ލަނޑުދަނޑިތައް ކަނޑައަޅައި، ތަރައްޤީގެ ބައިވެރިންގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ދިވެހިރާއްޖެ ތަރައްޤީއަށް ކުރާ ދަތުރުގައި ބައިވެރިވެ، ރާއްޖެއަށް ކުރިމަތިވާ އެންމެ ބޮޑެތި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް އެންމެ އެކަށީގެންވާ ޙައްލުތައް ހޯދައިދިނުމަށާއި ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަން ފުރިހަމަ ކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބައިވެރިވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: