ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރަން ކުދިޖަޒީރާ ޤައުމުތަކަށް އަތްފޯރާފަށުގައި މާލީއެހީތެރިކަން ލިބެންޖެހޭ: ރައީސް

ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ އިންޓެރެކްޓިވް ޑައިލޮގް.
ޝެއާރކޮށްލާ ކަހަލަދޯ؟

ދެމެހެއްޓިނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ކުދިޖަޒީރާ ޤައުމުތަކަށް އަތްފޯރާފަށުގައި މާލީއެހީތެރިކަން ލިބުމަކީ ނުވަތަ ނުލިބުމަކީ އިންސާފާ ގުޅިފައިވާ ސުވާލެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ އިންޓެރެކްޓިވް ޑައިލޮގް: ރިވިޓަލައިޒިން ސިޑްސް އިކޮނޮމީސް ފޯރ އެކްސިލެރޭޓެޑް އެންޑް ސަސްޓެއިނަބަލް ގުރޯތުގައި ކޯޗެއަރގެ ހައިސިއްޔަތުން ރިޔާސަތު ބަލަހައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ބޭރުން އަންނަ ޝޮކްތަކާއި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަކާއި އެކަށީގެންވާ މިންވަރަށް ފައިނޭންސް ނުލިބުމާއި ދެމެހެއްޓެނިވި ނޫން ދަރަނި ފަދަ ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި މި ގޮންޖެހުންތަކާ އުނދަގޫ ތަކުގެ ތެރޭގައި ވެސް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ވިލުންތެރިކަމާއެކު ކުރިޔަށްދާތީ އެމަނިކުފާނު އެކަމަށް ތައުރީފުކުރެއްވިއެވެ. މީގެ އިތުރުން ކޮވިޑް19ގެ ޢާލަމީ ބަލިމަޑުކަމަކީ ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ އިޤުތިޞާދުތަކުގެ ނާޒުކުކަމާއި ބޭރުން އަންނަ ޝޮކްތަކުން ނުރައްކަލަށް ހުށަހެޅިގެންދާ މިންވަރު ހަނދާން އައުކޮށްދޭ ކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މެދުފަންތީގެ އާމްދަނީ ލިބޭ ދަރަޖައަށް ވާސިލުވުމާ އަދި އެއަށްވުރެ ކުރިޔަށްދިއުމުގައި ސިޑްސްއިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތައް އިތުރުކުރަން ޖެހޭކަމުގައެވެ. ހަމަ އެހެންމެ،ދައުލަތުގެ ޤާބިލުކަމާއި އުފެއްދުންތެރިކަމުގެ މުހިންމުކަން ފާހަގަކުރައްވައި އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި އެހެން ވަޞީލަތްތަކުގެ ބޭނުން ހިފުމަކީވެސް އެހާމެ މުހިންމުކަމެއްކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި، ކާރިސާތަކަށް ތައްޔާރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ތަޖުރިބާއާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ރޮނގުން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ވަޞީލަތް ތަރައްޤީކުރުމާއި ޕާޓްނަރޝިޕާއި ކަންކަމަށް ވަކާލާތުކުރުން އަދި ސްޓްރެޓެޖިކް ޕްލޭނިންގގެ މުހިންމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، މާލީ އެހީއަކީ ސިޑްސްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަން ފާހަގަކުރައްވައި، ތަރައްޤީއަށް ޓަކައި ފަސޭހައިން މާލީއެހީތައް ލިބޭނެގޮތް ފަހިވާންޖެހޭކަމަށާއި އަދި އެގޮތަށް ކުދިޖަޒީރާ ޤައުމުތަކަށް އަތްފޯރާފަށުގައި މާލީއެހީތެރިކަން ލިބުމަކީ ނުވަތަ ނުލިބުމަކީ އިންސާފާ ގުޅިފައިވާ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޯޗެއަރގެ ހައިސިއްޔަތުން އިންޓެރެކްޓިވް ޑައިލޮގްގެ ރިޔާސަތު ބެލެހެއްޓެވުމުގައި ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނާއެކު ކޯޗެއަރގެ ހައިސިއްޔަތުން ރިޔާސަތު ބެލެހެއްޓެވުމުގައި ދެން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޔޫރަޕިއަން އެފެއަރސް އެންޑް އޯނަރޝިޕް ޝެއަރރިންގ އޮފް ދަ ރިޕަބްލިކް އޮފް ފިންލޭންޑް، އެންޑަރސް އެޑްލަކްރޮއިޓްޒް އެވެ.

މިއީ 27 އިން 30 މެއި 2024 އަށް އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ސިޑްސް4 ކޮންފަރެންސްގައި ހިމެނޭ ފަސް އިންޓަރެކްޓިވް ޑައިލޮގްގެ ތެރެއިން ފުރަތަމަ ޑައިލޮގެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: