ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި 175 ޑްރައިވަރަކު ރަޖިސްޓްރީ ވެފައިވޭ: މިނިސްޓަރ

ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި 175 ޑްރައިވަރަކު ރަޖިސްޓްރީ ވެފައިވޭ: މިނިސްޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި މިހާތަނަށް 175 ޑްރައިވަރަކު ރަޖިސްޓްރީވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި މިނިސްޓަރ ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި 175 ޑްރައިވަރަކު ރަޖިސްޓްރީވެފައިވާކަމަށެވެ. އަދި ޑްރައިވަރުންގެ ދަފްތަރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 14 ހަފްތާގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެކަންތައް އެ މުއްދަތުގެ ތެރޭގައި އިއުލާންކޮށްފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ދަފްތަރު އެކުލަވާލުމުގެ މުހިންމު އެއްސަބަބަކީ އެބޭފުޅުންނަށްވެސް ލިބެން ޖެހޭ ކޮންމެވެސް އެއް ކަހަލަ ރަނގަޅު ތަކެއް ހުންނަން ޖެހޭތީ ކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ. އަދި ޓެކްސީ ޑްރައިވަރުންނަކީ ކަނޑައެޅިފައިވާ އާމްދަނީ އެއް ލިބޭ ބަޔަކަށްނުވުމުގެ ސަބަބުން ޑްރައިވަރުންނަށްވެސް ދައުލަތުގައި ލިބެން ޖެހޭ ލޯން ސްކީމާއި ބައެއް ކަންތައް ނުލިބޭ ކަމަށެވެ. އަދި މި ދަފުތަރާއެކު ޓެކްސީ ޑްރައިވަރުންނަކީވެސް ރަސްމީ ސިފައެއްގައި އާމްދަނީ ހޯދަން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ހަމަޖެހިގެންދާނެކަމަށް ވަނީ ފާހަގަކޮށްފައެވެ.

“ އަޅުގަނޑުމެންނަށް ސަރުކާރުން ގެނެވުނު ހެޔޮ ބަދަލެއް ގޮތުގައި އަޅުގަނޑު ޤަބޫލު ކުރަނީ ދަފްތަރުގައި މިހާރު ރަޖިސްޓްރީ ކުރައްވައިގެން އެ ބޭފުޅުންނަށް އެ ލިބެންޖެހޭ ހައްޤު ހޯދުމުގެ އަދަދަކީ 175 ބޭފުޅުން މިހާރު ދަފްތަރުގައި ރަޖިސްޓްރީ ވެފައި ތިބީ“ މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، ޓެކްސީ ޑްރައިވަރުން އޮންނަނީ ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި ކަމަށާއި، މި ދަފްތަރު ޤާއިމްކުރީ ބޭންކް އޮފް މޯލްޑިވްސް އާއި މަޝްވަރާތަކެއް ކުރެއްވުމަށް ފަހުގައި ކަންތައްތަކެއް ރަނގަޅު ކުރުމަށްޓަކައި ކަމަށެވެ. އޭގެ ތެރެއިން އެއް ކަމެއް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، ޕޭމެންޓް ގޭޓްވޭއަށް ކުރިން އޮންނަނީ ކޮންމެ ޕޭމެންޓްއަކުން 2 ރުފިޔާ ބެންކަށް ޗާޖުކުރަން ކަމަށެވެ. އެކަމުގެ ސަބަބުން ޓެކްސީ ބޭފުޅުން ބުރަ މަސައްކަތް ކުރައްވާއިރު އެބޭފުޅުންނަށް ލިބޭ ކޮންމެ ޕޭމެންޓެއްގެ ޓްރާން ސެންކްޝަން އަކުން 2 ރުފިޔާ ގެއްލިގެން ދިއުމަކީ އެބޭފުޅުން ބޭނުންވާ ގޮތެއްނޫން ކަމަށެވެ. އަދި ސަރުކާރާއި ބޭންކް އޮފް މޯލްޑިވްސް އާއި ދެމެދު ކުރެވުނު މަޝްވަރާއަށްފަހު އެ 2 ރުފިޔާ ނުނަގާ ގޮތަށްވަނީ ހަމަޖެހިފައި ކަމަށެވެ.

މިހާރު ޓްރާންޝެކްޝަންތަށް މުސާރައިގެ ގޮތުގައި ބެލެވިފައިވާނެ ކަމަށާއި އަދި ކަނޑައަޅުއްވައިފައިވާ ހުރިހާ ލޯނު ތަކެއްވެސް ލިބޭގޮތަށް ހަމަޖެހިފައިވާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މިހާރު ރަޖިސްޓްރީ ކުރައްވައިގެން އެ ބޭފުޅުންނަށް ލިބެންޖެހޭ ހައްޤު ހޯދުމުގެ ގޮތުން 175 ބޭފުޅުން ދަފްތަރުގައި ތިބުމަކީވެސް ސަރުކާރުކާރަށް ގެނެވުނު ވަރަށް ހެޔޮ ބަދަލެއް ކަމަށް މިނިސްޓަރ ވަނީ ފާހަގަކޮށްފައެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: