ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ ވެރިކަމުގައި ފަލަސްތީނުގެ މައްސަލައިގަ ރާއްޖެއިން ދަމަހައްޓަމުން ގެންދަނީ ޝުކުރު ހައްގު އަދި ދިވެހިން ފަހުރުވެރިވާ ފަދަ ހަރުދަނާ އުޞޫލުތަކެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ފަލަސްތީނައި ހިންގަމުންދާ ކަންކަމާއި ގުޅިގެން މިނިސްޓަރ ”އެކްސް“ ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނާއި އެގައުމުގެ އަހުންނާ އުހުތުންގެ ދިފާއުގައި ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށެވެ.

ސިޑްސް ކޮންފަރެންސްގައި ރައީސް މުއިއްޒު ވަނީ ފަލަސްތީނުގެ ހައްޤުގައި އަޑު އުފުއްލަވައިފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެ އޮންނާނީ ކުރީ ސަފުގައި ކަމަށާއި، އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް ތައްޔާރަށް ތިބި ކަމަށް ދިވެހި ސަރުކާރުން ދަނީ ބުނަމުންނެވެ.
ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން އިސްރާ އެސޯސިއޭޝަނާއި އަދި އައިއޭސީ ގުޅިގެން ”އަހަރެމެން ފަލަސްތީނުގެ ނަމުގައި“ ގައުމީ ކެމްޕޭނެއް މިދިޔަ އަހަރު ވެސް ފެށިއެވެ. ކެމްޕެއިންގެ ދަށުން ދިވެހީންގެ ބޮޑު އެއްވުމެއް ވަނީ ބާއްވާފައެވެ.

