ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓުގެ ދެ މުވައްޒަފަކަށް ހަމަލާދިން މީހާ 10،000 ރުފިޔާއިން ޖޫރިމާނާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު/ ފޮޓޯ: ވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއއޭ) ގައި ދެ މުވައްޒަފަކަށް ހަމަލާދިން މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަޑަޑް ވިސާމް ހައްޔަރު ކުރީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. އެއީ އެއާޕޯޓުގައި ފުރަން ގޮސް އުޅުމުގެ ތެރޭގައި އެއާޕޯޓްގެ ދެ މުވައްޒަފަކަށް ހަމަލާދިން މައްސަލާގައެވެ. އެ މައްސަލާގައި އޭނާ ހައްޔަރު ކުރި ނަމަވެސް އޭނާ ފުރުން މަނާކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ހަޑަޑްގެ މައްޗަށް ކުރީ 2 ދައުވާއެކެވެ. އެއީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާއެވެ. އެ ދެ ދައުވާއަށްވެސް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު އެއްބަސްވިއެވެ. އެއީ ދައުލަތާއިއެކު ހެދި އިއުތިރާފް އެއްބަސްވުމެއްގެ ދަށުންނެވެ.

އެ އެއްބަސްވުމުގެ ދަށުން، ގައިގައި އަތްލުމުގެ ދައުވާގައި އޭނާ 3،600 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ދައުވާކޮށްފައެވެ. އަދި އަނިޔާއެއް ދިނުމުގެ ދައުވާގައި 7،200 ރުފިޔާއިން ޖޫރިމަނާކުރިއެވެ. އެއާއިއެކު ޖުމްލަ 10،800ރ. ގެ ޖޫރިމަނާގެ އަދަބަކަށް ދައުލަތުން ވަނީ އެއްބަސްވެފައެވެ.

އެ ފައިސާ މިއަދުން ފެށިގެން އެއް މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭކަމަށް ހުކުމުގައި އަންގާފައިވެއެވެ.

މި މައްސަލައިގައި ހުކުމް ކުރެއްވީ ގާޒީ އިބްރާހިމް ޒިހުނީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: