ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯތިތައް ހަވާލު ކުރުން ލާޒިމްވާ އިސްލާހުގެ ބިލު ބޭރު ކުރަން ތާއީދު: ރިފާއު

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ކުރީގެ ސަރުކާރުން ދޫކުރި ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލު ކުރުމުން ލާޒިމުވާ ގޮތަށް ބިމާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު ބޭރު ކުރުމަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ގޮވާލައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅި އެ އިސްލާހު މިދިޔަ އޭޕްރިލް މަހު ފާސްކުރި ނަމަވެސް ތަސްދީގު ނުކުރައްވައި ބިލު އަނބުރާ ރައީސް މުއިއްޒު ފޮނުވާލެއްވީ މޭއި މަހު އެވެ.  އެ އިސްލާހުގައި ވަނީ ދިވެހިރާއްޖޭގެ ބިމާއި ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ ފަހަތަށް މާއްދާއަށް އަކުރެއް އިތުރު ކުރުމަށާއި، ހަމަ އެ ގާނޫނުގެ 13 ވަނަ މާއްދާއަށް (ނ) އަދ (ރ) ގެ ގޮތުގައި ދެ އަކުރު އިތުރު ކުރުމަށެވެ. އިތުރު ކުރާ އަކުރުގައި ވަނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތިތައް ލިބޭ ފަރާތްތައް ކަނޑައަޅައި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު، ގެޒެޓުގައި ޝާއިއު ކުރާ ތާރީހުން ފެށިގެން ގިނަ ވެގެން ހަ މަސް ދުވަހުގެ ތެރޭގައި ރެޖިސްޓްރީ އެ ގޯތި ދޫކުރި އިދާރާއަކުން ހަވާލު ކުރަންވާނެކަމަށެވެ.

ބިލު އަނބުރާ ފޮނުވާލި ސިޓީ، މިއަދު މަޖިލީހުގައި ވަނީ އިއްވާފަ އެވެ. އަދި ބަހުސްއަށް ހުޅުވާލުމުން ރިފާއު ވިދާޅުވީ ކޮންމެ ކަމެއް ވެސް ކުރިޔަށް ގެންދަން ޖެހެނީ ޖެއްސުން ކުރުމުގެ ބަދަލުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. ބިލު އަނބުރާ ފޮނުވާލެއްވި ސަބަބުތައް ރައީސް ޑރ. މުއިއްޒު ބަޔާންކޮށްދެއްވި އިރު، އެ ކަންކަމަށް ތާއީދު ކުރާކަމަށް ރިފާއު ވިދަޅުވި އެވެ.

ރިފާއު ވިދާޅުވީ ރައްޔިތުންނަށް ލިބިގެންވާ ހައްގުތައް ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމަށާއި، އެކި ޖަލްސާތަކާއި މުނާސަބާތަކުގައި ރައީސް މުއިއްޒު އެ ވާހަކަފުޅު ތަކުރާރު ކުރައްވާފައިވާނެ ކަމަށެވެ.

ޖެއްސުން ކުރުމުގެ ގޮތުން މިތަނުގައި ގާނޫނުތައް ފާސްކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށް އަޅުގަނޑު ނުދެކެން.. ވަރަށް ސާފުކޮށް އަމީން އާންމު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު ރައްޔިތުންނަށް އިއްވައިދީފި.. މި މަޖިލީހަށް އަޑުއިއްވިއްޖެ.. މީގައި އޮތް މައުލޫމާތަށް ބަލާއިރު އަޅުގަނޑުމެންނަށް މުޅިން ވެސް ފެންނަނީ ޖެއްސުން ކުރާ އުސޫލުން ކަން ކުރަން އުޅޭތަން..

ރިފާއު ވިދާޅުވީ މިއަދު ރައީސް މުއިއްޒު ކުރަން ޖެހިފައިވާ މަސައްކަތަކީ، އެމްޑީޕީން ހޭވި ހަޑިތައް ސާފު ކުރުން ކަމަށެވެ. އަދި މިދިޔަ ސަރުކާރުން އެތައް ބޭކާރު ހަރަދުތަކެއް މިދިޔަ ސަރުކާރުގައި ކުރިކަމަށް ރިފާއު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: