އެމްޑީޕީން ވިސްނާފައި އޮތީ ސަރުކާރަށް އާދަވޭ ހާލަތުގައި ދޫކުރިކަމަށް ބުނާ ގޯތިތައް އަނބުރާ އަތުލުމަށްކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެމްޑީޕީގެ ވެރިކަމުގައި ދޫކުރި ބަންޑާރަ ގޯތިތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެމްބަރު ފަލާހު ވިދާޅުވީ، ތިން މަސް ދުވަސް ތެރޭގައި ގޯތިތައް ދިނުމަށް އިސްލާހުގައި ހިމަނާފައިވާއިރު ކަނޑު އަޑީގައި ތިބި ގޯތިތަކެއް 3 މަސް ދުވަސް ތެރޭގައި ދޫކުރެވިދާނެކަމަށް ދިވެހި އެއްވެސް ރައްޔިތަކު ގަބޫލުނުކުރާނެކަމަށެވެ.
އޭނާ ވިދާޅުވީ ތިން މަސް ދުވަހުން ހިއްކާފައި އޮތްތަނަކުވެސް ގޯތި ދޫކުރުމަށްޓަަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ފަހު ގޯތިތައް ދޫނުކުރެވޭނެކަމަށެވެ. އޭނާ ވިދާޅުވީ، ގުދުރަތީ ގޮތުން ހިކިފައި ތިބި ބިންތަކުންވެސް އަހަރު ދެ އަހަރު ވެގެންދާއިރު ބިން ދޫނުކުރެވޭކަމަށާއި އެހެންނަމަވެސް އެމްޑީޕީންވަނީ ވެރިކަމުގެ ފަހު 3 މަސް ދުވަހު ހުޅުމާލެ ފަދަ ބިމުގެ އަގު ބޮޑު ސަރަހައްދަކުން ބިން ދޫކޮށްފައިކަމަށް ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، މީގެ ކުރިން އެތަނުން 1000 އަކަފޫޓުގެ ގޯތިތައް ދޫކުރިއިރު މާލޭގެ ރައްޔިތުންވަނީ ބޮޑު އަގުތަކުގައި ގޯތިތައް ބައްލަވައިގަނެފައިކަމަށެވެ. އޭނާ ވިދާޅުވީ ހުޅުމާލޭގެ ބިން ވިއްކުމަށް ފެށޭ އަގެއްގެ ގޮތުގައި ކަނޑައެޅިފައިވަނީ އަކަފޫޓަކަށް 4500 ރުފިޔާކަމަށާއި އާންމު ގޮތެއްގައި ވިއްކާފައިވާ ބިންތަކުގައި އަކަފޫޓަކަށް 7000 އާއި 10000 އާއި ދެމެދުގެ އަގެއް ދައްކާފައިވާކަމަށާއި އެހެންކަމުން އެވަރުގެ ބިމަކަށް ހަތް މިލިއަން ނުވަތަ ދިހަ މިލިއަން ރުފިޔާ ދައްކާފައިވާނެކަމަށް ހާމަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މާލޭގެ ގިނަ ރައްޔިތުން ތިބީ ބިން ގަނެގެންކަމަށްވާއިރު މަދު މީސްކޮޅަކަށް ބިން ދީފައިވާކަމަށެވެ. އެހެންނަމަވެސް އެކަންވެސް ކޮށްފަައިވަނީ ބިންތައް ދިނުމުގެ ނިޔަތުގައި ނޫންކަމަށާއި އެމްޑީޕީއިން ވިސްނައިގެން ތިބީ އިތުރު ދައުރެއް ވެރިކަން ދެމެހެއްޓިއްޖެ ހާލަތެއްގައި އެ ބިންތައް އަތުލުމަށްކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ،

