ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުން ކްލެމެންސީ ބޯޑަށް މެމްބަރު ޝުޖާއު!

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ކަންކަން ބަލާ ކްލެމެންސީ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ކްލެމެންސީ ބޯޑަށް މެމްބަރެއްގެ ނަން ހުށަހެޅުމަށް ހުޅުވާލުމުން، ޝުޖާއުގެ ނަން ހުށަހެޅީ ޕީއެންސީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ. އެ ނަމަށް ތާއީދު ކުރެއްވީ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އެވެ.

ޝުޖާއު ކްލެމެންސީ ބޯޑަށް އައްޔަނު ކުރުމަށް ފެންނަކަމަށް ފާސްވެފައި ވަނީ ވޯޓުގައި ބައިވެރިވި 88 މެމްބަރުންގެ އިއްތިފާގުންނެވެ.

ކްލެމެންސީ ބޯޑަކީ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް މައާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައި އޮންނަ ބޯޑެކެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ދަށުގައި އޮންނަ މި ބޯޑަށް މައާފު ދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް އެދި ހުށަހެޅޭނީ އިސްތިއުނާފުގެ މަރުހަލާތައް ނިމިފައިވާ ނުވަތަ އިސްތިއުނާފު މުއްދަތު ހަމަވުމުން އެ ފުރުސަތު ގެއްލިފައިވާ މީހުންނަށެވެ. އަދި އެކަމަށް ހުށަހެޅޭނީ ވެސް ހުކުމުގެ ވަކި މުއްދަތެއް ތަންފީޒުކޮށް ނިމުމަށް ފަހު އެވެ.

މީގެއިތުރުން ކްލެމެންސީ ބޯޑުގެ ގަވާއިދަކީ، މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން މައާފުކޮށް ދިނުން އެދި ނުވަތަ އަދަބު ލުއިކޮށް ދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމުން، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް، އެ އިލްތިމާސާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަމަލު ކުރުމަށް ފެންނަ ގޮތުގެ ލަފާ ދިނުމަށް އެ ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އުފައްދާ ކްލެމެންސީ ބޯޑުގެ މެންބަރުން ޢައްޔަންކުރުމުގައާއި ވަކިކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، އެ ބޯޑުގެ ބައްދަލުވުންތައް ބާއްވާނެ އުސޫލާއި، އެ ބޯޑުން ނިންމާ ކަންކަން ނިންމާނެ ގޮތުގެ އުސޫލުތައް ބަޔާންކޮށްދޭ ގަވާއިދެއް އެޓަރނީ ޖެނެރަލް އެކަށައަޅައި، ޢާންމުކޮށް އިޢުލާންކުރަންވާނެ ކަމަށް، އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާތީ، އެ މާއްދާގެ ދަށުން އެޓަނީ ޖެނެރަލް އެކަށައަޅާފައިވާ ގަވާއިދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: