ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯދީ ތިންވަނަ ދައުރަށް ބޮަޑުވަޒީރުކަމުގެ ހުވާކުރާ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ!

ރައީސް މުއިއްޒު އަދި ސަފީރު މުނޫ މަހާވަރު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ނެޝަނަލް އިލެކްޝަންސް ކާމިޔާބުކުރައްވާ ތިން ވަނަ ދައުރަކަށް ވެރިކަން ދަމައްޓާފައިވާ ނަރެންދްރަ މޯދީ ބޮޑުވަޒީރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް ދެއްވާފައިވާ ދައުވަތު ރައީސް ޑރ މުހައްމަދު މުއިއްޒު ގަބޫލުކުރައްވައިފިއެވެ.

6 ހަފްތާއަށް ދިގު ދެމިގެންދިޔަ އިންޑިއާގެ ނެޝަނަލް އިލެކްޝަންސް ނިމުމަކަށް އައިސް ބީޖޭޕީއަށް ތިން ވަނަ ދައުރެއް ކާމިޔާބުވެފައިވާއިރު، މި ފަހުން އިންޑިއާ އަދި ރާއްޖެ ދެމެދު ގިނަ މުއާމަލާތްތަކެއް ކުރެވި ބައިނަލްއަގުވާމީ ހެޑްލައިންތަކަށްވެސް އެ މަސައްކަތަކުގެ ވާހަކަ އަރާފައިވެއެވެ. އަދި މޯދީއަށް ލިބުނު ކާމިޔާބީގައި ރާއްޖެއިން ޝާމިލުވާނެކަމާއިމެދު ސުވާލުތައް އުފައްދަމުންދާއިރު ރާއްޖެއިންވަނީ ރައީސް މުއިއްޒު އެ ހަފްލާއަށް ވަޑައިގަންނަވާނެކަން ކަށަވަރުކޮށްދީފައެވެ.

ރައީސް އޮފީހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް އެ ގައުމުންވަނީ ދައުވަތު ދީފައެވެ. އަދި ރައީސް މުއިއްޒުވަނީ އެ ދައުވަތު ގަބޫލުކުރައްވާފައިކަމަށް ބުނެފައިވެއެވެ. މި ދައުވަތު ރައީސް މުއިއްޒުއަށް ރަސްމީގޮތުން އެރުއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު މުނޫ މަހާވަރުއެވެ. އެމަނިކުފާނުވަނީ ރައީސް އޮފީހަށް ޒިޔާރަތްކުރައްވާ ރައީސް މުއިއްޒުއާއި ބައްދަލުކުރައްވާފައެވެ.

ސަފީރު މުނޫ ވަނީ ބޮޑުވަޒީރު މޯދީ ހެޔޮއެދުންތައް ފޮނުއްވާފައިކާމަށް ވިދާލުވެފައެވެ. އަދި ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާކުރައްވާއިރު އެ މުހިންމު ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަށް މޯދީ އެދިވަޑައިގެންފައިވާކަމަށްވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ބޮޑުވަޒީރު މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާަތަށް ވަޑައިގެންނެވުމަކީ ލިބިވަޑައިގެންފައިވާ ޝަރަފެއްކަމަށެވެ. އަދި ދައުވަތު އަރުއްވާފައިވުމަށް ޝުކުރު އަދާކުރައްވާފައިވާއިރު އެމަނިކުފާނުވަނީ ދެ ގައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް މަސައްކަތްކުރުމށް އެދިވަޑއިގެންނަވާފައެވެ. ރައީސް ވިދާޅުވީ، ދެ ގައުމުގެ ގުޅުން ކުރިއަށް ދަނީ ރަނގަޅު މިސްރާބަކަށްކަން މި ދަތުރުން ރަމްޒުކޮށްދޭކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: