ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތީ ތައުލީމަށް އޮތް ލޯތްބާއި އަހަންމިޔަތުކަން އިތުރުވަމުންދިޔަ ނަމަވެސް އެކަން އަހުލާގުން ނުފެނޭ: މަހާޒް

މަހާޒު އަލީ ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ ތައުލީމަށް އޮތް ލޯތްބާއި އަހަންމިޔަތުކަން އިތުރުވަމުންދާ ކަމަށާއި އެހެންނަމަވެސް އަހުލާގުން އެކަން ނުފެންނަ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ދަރިވަރުންގެ ތެރެއިން މި އަހަރު މަތީ ތައުލީމް ފުރިހަމަކުރި ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރު މަހާޒު ވިދާޅުވީ އިސްލާމީ ވަންތަކަން ދަމަހައްޓާނީ އަހުލާގުން ކަމަށެވެ. ޔުނިވަސިޓގެ ކޮންމެ ފެކަލްޓީއަކުން ނުވަތަ ކޮންމެ ކުއްލިއްޔާއަކުން ދަސްވެނިވި ނަމަވެސް އެމީހެއްގެ ކިބައިގައި އާއްމު އެއްކަންތައް ފެންނަން ޖެހޭ ކަމަށާއި އެއީ އިސްލާމީ ވަންތަކަން ކަމަށް މަހާޒް ވިދާޅުވިއެވެ.

ކޮންމެ މީހަކު އިސްލާމީ ވަންތަބަޔަކަށް ވާންޖެހޭ ކަމަށާއި އަދި ދީނީ ވާންޖެހޭކަމަށް މަހާޒް ވިދާޅުވިއެވެ. ދީނީ ކަމަކާއި ނުވަތަ އިޖުތިމާއީ ކަމަކާއި ގުޅިގެން ބަސް ބުނުމުގައި އެ ބުނަން ޖެހޭ ބަހާއި އެ ބަސް ބުނަން ޖެހޭ ވަގުތާއި އަދި ހަމައެހެންމެ އެ ބުނަން ޖެހޭ ބަސް އިހުތިޔާރު ކުރަންޖެހޭނީ އިސްލާމީ ގިއުގަނޑުގެ ތެރެއިން ކަމަށް މަހާޒް ވިދާޅުވިއެވެ.

މަހާޒް ވިދާޅުވީ ދުނިޔެ އާރާސްތު ވަމުން އައިރު އިންސާނުން އުޅެމުން އައި ގިނިކަންޏާ ނޫން ކަމަށެވެ. އަދި އިންސާނުން އުޅެމުން އަންނަނީ އިޖުތިމާއީ ވެއްޓެއްގައި ކަމަށް ވިދާޅުވިއެވެ. އިޖުމާއީ ބަޔަކަށް އިންސާނުން ވުމުގެ މައްޗަށް އަންނަ އެއްކަމަކީ އިޖުތިމާއީ ގުޅުންތަކަށް ރައްކާތެރިވެ އަނެކާގެ ހައްގުތަކަށް ރާއްކާތެރިވުމުގެ ޒިންމާ ކަމަށް މަހާޒް ވިދާޅުވިއެވެ.

ކޮންމެ އަހަރަކު ދަސްވެނިވޭ ދަރިވަރުންގެ އަދަދު އެވެރެޖުކޮށް 15،000 އާއި 5،000 އާ ދެމެދު ހުރި ކަމަށް މަހާޒު ވިދާޅުވިއެވެ. އަދި 2019 ވަނަ އަހަރު މަތީ ތައުލީމު ހާސިލުކުރުމުގައި އުޅުނު ދަރިވަރުންގެ އަދަދު 26،000 ގައި އުޅުނު އިރު މިހާރު 29،000 އަށް ވުރެ މަތިކަން ވެސް ފާހަގަކުރެއްވިއެވެ.

”މި އަދަދު ތަކާއި ނަމްބަރުތަކަށް ވިސްނާލައިފިނަމަ އަޅުގަނޑުމެންގެ ހިތަށް ވެރިވާނެ އެއްކަމަކީ އަޅުގަނޑުމެންތެރޭގައި ތައުލީމަށް ލޯބި ކުރާ މީހުން އިތުރުކަން. މަތީ ތައުލީމަށް ދޭ އަހަންމިއްޔަތުކަމެއް އެބަ އޮތޭ އަހަރުމެން ތެރޭގައި. މި ވިސްނުވާ އެކީގައި، މި ވިސްނުމުގެ މައްޗަށް ދެން ތަރުތީބު ވެގެން މި އަންނަކަމަކީ އެހެންވެއްޖެ ކަމަށް ވާނަމަ މި މުޖުތަމައުގެ އަހުލާގީ ފޭރާން ރަނގަޅުވާން ވާނެއޭ. މި މުޖުތަމައު ހޭލުންތެރި ވާން ވާނެއޭ. ކަންއޮތީ އެހެންތޯ؟ ހިޔާލަށް މޯބައިލް ފޯނު ގެންނަވާ. އަންލޮކް ކުރުމަށްފަހު ހޯމް ސްކްރީނަށް ބައްލަވާ. އަޅުގަނޑުމެންގެ ފޯނުގެ އެޑިއުކޭޝަނަލް ކެޓަގަރީއަށް ފިޓުވާ ކިތައް އެޕްލިކޭޝަން އެބައިންތޯ؟ އަޅުގަނޑުމެންގެ ފޯނުގެ ހޯމް ސްކްރީނުން އެޕެއް ހުޅުވާލައިފި ކަމަށް ވާނަމަ އަޅުގަނޑުމެން ހެނދުނުގައި ތަޅާނީ ހުތް އަނބު، މެންދުރުގަ ގިތި ފަޅު، ހަވީރުގައި އަޅުގަނޑުމެން ބަލާނީ ކުރިން ތެޅި ތެޅުންތަކަށް ލިބުނީ ކިތައް ލައިކުތޯ، ކިތައް ބޭފުޅުން ޝެއާ ކުރެއްވިތޯ، މިއެއް ނޫންތޯ“

މަހާޒް ވިދާޅުވީ މިސްކިތްތަކުގެ ދޮރުފަތްތައް ނެތް ނަމަ ނަމާދަށް ގޮސް ސައިކަލު ޕާކު ކޮށްލާނީ މިހުރާބާއި މިންބަރާއި ދެމެދު ކަމަށާއި އަދި ފިހާރާތަކަށް ވަންނަން ސައިކަލުގައި ގޮސްފިނަމަ، ނުވަތަ ވަދެވޭނަމަ ސައިކަލު ޕާކުކޮށްލާނީ ސޭޓާއި ކައުންޓަރާއި ދެމެދު ކަމަށެވެ. މަހާޒް ވިދާޅުވީ ބަސްބުނުމުގެ ތެރޭގައި، ބުނާ ބަހަކުން އަނެކާގެ ހިތަށް ކުރާނީ ކޮން އަސަރެއްތޯ ނުބަލާ ކަމަށެވެ.

ދިވެހިރާއްޖޭގައި ދަސްވެނިވާ ނިސްބަތާއި މުޖުތަމައުގެ ހާލަތާއި އަޅައިބަލައި ގުރާފެއް ކުރަހާނަމަ ދަސްވެނިންގެ ނިސްބަތާއި އަޅައިބަލާއިރު ދަސްވެނިންގެ އަދަދު މަތިވިނަމަވެސް އަހުލާގުގެ ރޮނގު ދަށަށް ދާކަމަށް މަހާޒް ވިދާޅުވިއެވެ. މަހާޒް ވިދާޅުވީ ތައުލީމު ހާސިލްކޮށްގެން މުޖުތަމައުއަށް ނިކުންނައިރު މުޖުމައު އެމީހެއްގެ ކިބައިން އުއްމީދު ކުރާ އެތައް ކަމެއް ހުންނަ ކަމަށެވެ. މަހާޒު ދަސްވެނިންގެ ކިބައިން އެދިވަޑައިގަތީ އެ މީހުންނަކީ މުޖުތަމައުގެ ތެރޭގައި މިންގަނޑެއް ގެންގުޅޭ، ގޮތެއް ހުންނަ، އަހުލާގެއް ވެރިބަޔަކަށް ވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: