ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަލްފް އޮފް އޭޑެން ސަރަހައްދުން ކާގޯ އުޅަނދަކަށް ހަމަލާ ދީފި!

ޔަމަނު ސަރަހައްދުގެ މެޕެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގަލްފް އޮފް އޭޑެން ސަރަހައްދުން ދަތުރުކުރަމުންދިޔަ ކާގޯ ކަނޑުއުޅަނދަކަށް ޔަމަނުގެ ހޫތީން ހަމަލާއެއް ދީފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ގަލްފް އޮފް އޭޑެން ސަރަހައްދުން ދަތުރުކުރަމުންދަނިކޮށް ހަމަލާއެއް ދީފައިވަނީ އެންޓީގާ އެންޑް ބާބިއުޑާއަށް ނިސްބަތްވާ އުޅަނދެކެވެ. އަދި އެ އުޅަނދަށް ހަމަލާ ދީފައިވަނީ މިސައިލް މެދުވެރިކޮށްކަމަށް ބުނެފައިވާއިރު މިއީ ޔަމަނުގެ ހޫތީން އަމާޒުކުރި ހަމަލާއެއްކަމަށް ބުނެފައިވެއެވެ.

މިސައިލް އަރާފައިވަނީ އުޅަނދުގެ ކުރިމަތީ ސްޓޭޝަނަށް ކަމަށް ބުނެފައިވާއިރު އެކަމުގެ ސަބަބުން އަލިފާންރޯވިކަމަށާއި އެހެންނަމަވެސް ނިއްވާލެވުނު އިރު އެ އުޅަނދަށް އަމާޒުކުރި ދެވަނަ މިސައިލް ދަތުރުކުރީ މީހުންނާއި ގާތުންކަމަށާއި ލައްވާ ނުލިކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. މި ހަމަލާގައި އުޅަނދުގައި ތިބި އެއްވެސް ބަޔަކަށް އަނިޔާއެއް ލިބިފައިނުވާއިރު، ހަމަލާގެ ތުހުމަތުތައް އެންމެ ފުރަތަމަވެސް އަމާޒުވީ ހޫތީންނަށް ކަމަށް ބުނެފައިވެއެވެ. އަދި މިފަދަ ހަމަލާތަކުގެ ޒިންމާ ނުނަގައި ބައެއް ފަހަރު އެތައް ދުވަހެއް ހޭދަވެގެންދާކަމަށްވެސް ބުނެފައިވެއެވެ.

މީގެ 10 ވަރަކަށް އަހަރު ކުދިން ޔަމަނުގެ މައްޗަށް ބާރުވެރިވެފައިވާ ހޫތިންދަނީ ސައުދީއާއި ހަނގުރާމަކުރަމުންކަމަށްވާއިރު މިހާރު ރެޑްސީ ކޮރިޑޯރގެ ގޮތުގައި މަޝްހޫރު ކަނޑުދަތުރު ކުރާ މަގުން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދެމުންދާކަމަށާއި މިއީ އިސްރާއީލާއި ހަމާސް ދެމެދު ކުރަމުންދާ ހަނގުރާމައިގައި ހަމާސްއަށް ވާގިވެރިވުމުގެ ގޮތުން ނުވަތަ އިސްރާއީލަށް ދަތިތައް ފޯރުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ބެލެވޭކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް މަސްްރަހު ދިރާސާކުރާ މީހުން ބުނާގޮތުން މި ހަމަލާތަކަކީ އެ ހަނގުރާމައާއި ގުޅުން ހުރި ހަމަލާތަކެއް ކަމަށް ނުބެލެވޭކަމަށާއި އެހެން މަގުސަދުތައް އެކުލެވޭކަމަށް ބެލެވޭކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: