ޗައިނާގެ ވިޔަފާރި މާހައުލުގެ ކަންކަން ހުރިގޮތުގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ނޭދެވޭ އަސަރުތައް ކުރުމުގެ ފުރުސަތު އޮތްކަމަށް ބައިނަލްއަގުވާމީ މާލީ މުއައްސަސާއެއްކަމަށްވާ އައިއެމްއެފްއިން ބުނެފިއެވެ.
ރިޕޯޓުތަކުގައިވާގޮތުން އައިއެމްއެފްއިން އިންވަނީ ޗައިނާގެ އިގްތިސާދީ ހާލަތު ރަނގަޅުވެގެންދާނެކަމަށް ބެލެވޭކަމަށް ހިއްސާކޮށްފައެވެ. އެހެންނަމަވެސް ކޮންސިއުމަރުންނާއި ރައްޓެރި އިސްލާހުތަކެއް ނުގެނެވިއްޖެ ހާލަތެއްގައި ކުރިއަރައިގެންދާ ރޭޓަށް އަސަރުތައް ކުރާނެކަމަށް ބުނެފައިވެއެވެ.
އައިއެމްއެފްއިން ބުނެފައިވާގޮތުން މި އަހަރު ޗައިނާގެ އިގްތިސާދު ފުޅާވެގެންދާނެކަމަށް ލަފާކުރެވެނީ 5 އިންސައްތައިންކަމަށޭވެ. އަދި އެއީ ފުރަތަމަ ކުއާޓަރގައި ޗައިނާގެ އިގްތިސާދުގެ ކަންކަން ހުރި ގޮތަށް ރިއާޔަތްކުރުމަށްފަހު ކޮށްފައިވާ އަންދާޒާއެއްކަމަށްވެސް ބުނެފައިވާއިރު މިހާރު ކޮށްފައިވާ އަންދާޒާއަކީ 0.4 އިންސައްތަ މަތި އަދަދެއްކަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް ދެމެހެއްޓިނިވި ގޮތެއްގެ މަތިން އިގްތިސާދު ފުޅާކުރަމުންދިއުމަށްޓަކައި ރައްކައުތެރިކަމުގެ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށާއި އޭގެ ތެރޭގައި މަސައްކަތްތެރިންގެ އާމްދަނީ އިތުރުކުރުން ހިމެނޭކަމަށް ބުނެފައިވެއެވެ. އެގޮތުން މީހުން ހަރަދުކުރާ އަދަދުތައް އިތުރުވާނީ ލިބޭ އާމްދަނީވެސް އިތުރުވެގެންކަމަށް ބުނެފައިވެއެވެ. އައިއެމްއެފްއިންވަނީ ޗައިނާއިން ސަބްސިޑީ ދިނުމަށް ގެންގުޅޭ އުސޫލަށްވެސް ބަދަލުތައް ގެނައުމަށް އިރުޝާދު ދީފައެވެ. އަދި މުދާ އުފެއްދުމައްޓަކައި މިހާރު ގެންގުޅޭ އުސޫލުތަކުގެ ތެރެއިން ސާވިސް އިންޑަސްޓްރީ ފަދަ ސިނާއަތުތަކަށް ގެއްލުންލިބި ހީނަރުކަން އަންނަ ސިޔާސަތުތައްވެސް ބަދަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
ރިޕޯޓުތަކުގައިވާގޮތުން ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓު ޕާޓީއިންވަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރގައި އިގްތިސާދު ފުޅާވެގެން އަންނާނީ ފަސް އިންސައްތައިންކަމަށް އަންދާޒާކޮށްފައިކަމަށެވެ. އެހެންނަމަވެސް އެއަށްވުރެ ބާރު ދުވެއްޔެއްގައި ކުރިއަރައިގެންދިޔަކަމަށާއި ޗައިނާގެ އިގްތިސާދު 5.3 އިންސައްތައިން ކުރިއަރައިގެންދިއުމުން ބައިނަލްއަގުވާމީ އިގްތިސާދަށްވެސް އެކަމުގެ ފައިދާތައްކުރިކަމަށް ބުނެފައިވެއެވެ.

