ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިޓީގެ ބޮޑުވަޒީރު ގެރީ ކޮނީލްއަށް ފަރުވާދެނީ!

ގެރީ ބާއްވާފައި އޮތް ހޮސްޕިޓަލް ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މޭ މަހުގެ 28 ވަނަ ދުވަހު ހައިޓީގެ ބޮޑުވަޒިރުކަމާއި ހަަވާލުވެވަޑައިގެންފައިވާ ގެރީ ކޮނީލްގެ ސިއްހީ ހާލަތު ގޯސްވުމުގެ ސަބަބުން ފަރުވާދެމުންދާކަމަށް އެ ގައުމުން ބުނެފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ހައިޓީގެ ބޮޑުވަޒީރުކަމަށް ދާދި ފަހުން ވަޑައިގެންނެވި ގެރީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ ވެރިރަށުގައިކަމަށެވެ. އަދި އޭނާއަށް ފަރުވާދެމުންދާތާ ހަފްތާއެއްވެފައިވާކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ. ގެރީގެ ހާލަތު ދެރަވީ ސީދާ ކޮން ސަބަބަކާއި ގުޅިގެންކަން އެ ގައުމުގެ ސަރުކާރުން ހާމަކޮށްފައިނުވާއިރު، ކޮންމެވެސް ވަރަކަށާް ސިއްހީ ހާލަތު ގޯސްވެފައިވަނީ މިފަހުން ބުރަކޮށް މަސައްކަތްތަކުގައި އުޅުއްވުމުންކަމަށް ބުނެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

އިންތިގާލީ މަރުހަލާގެ ކަންކަމާއި ހަވާލުފައިވާ ޓީމުގެ ފަރާތުން މައުލޫމާތު ހޯދުމަށް ކުރި މަސައްކަތްތައްވެސް ކާމިޔާބުވެފައިނުވާކަމަށް ރިޕޯޓުތަކުގައިވާއިރު، ގެރީ އާއި ގާތުން ހަރާކަތްތެރިވާ މަސްދަރަކުންވަނީ ނުރަސްމީގޮތުން މައުލޫމާތު ދީފައިކަމަށް ބުނެފައިވެއެވެ. އެގޮތުން ބައިނަލްއަގުވާމީ ނޫސް އޭޕީއަށް ހިއްސާކުރިގޮތުން ގެރީއަކީ އެސްތަމާ ހުންނަ މީހެކެވެ. އަދި އެކަމުގެ ސަބަބުން އިންހޭލާވެސް ބޭނުންކުރާއިރު އެޑްމިޓްކުރުމުގެ ކުރިން ނޭވާލުމަށް ދަތިވެގެން އުޅުންކަން ފާޙަގަކުރެވުނުކަމަށް ބުނެފައިވެއެވެ.

އޭޕީއިންވަނީ ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ސަރުކާރުގެ އިސްވެރިން ޒިޔާރަތްކުރިކަން ކަށަވަރުކޮށްދީފައެވެ. އެގޮތުން ހައިޓީގެ ފުލުހުންގެ އިސްވެރިޔާ ފްރާންޓްސް އެލްބޭގެ އޮތުން އުނިސެފްގެ ފަރާތުން ހައިޓީގައި ހުންނަވާ އެންމެ އިސް އޮފިޝަލް ބްރޫނޯ މައޭސްވެސް ވަޑައިގެންނެވިކަމަށް ރިޕޯކޮށްފައިވެއެވެ.

ގެރީ ކޮނީލް ބޮޑުަވަޒީރުކަމާއި ހަވާލުވީ މޭ މަހުގެ 28 ވަނަ ދުވަހުގައިކަމަށްވެސް ރިޕޯޓުތަކުގައިވާއިރު، އޭނާއަށް ހައިޓީގެ އައު ލީޑަރުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަންޖެހިވަޑައިގަންނަވާނެކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން އެ ގައުމުގައި ބޮޑުވެފައިވާ ގޭންގު މައްސަލަތައްވެސް ހައްލުކުރަން މަޖުބޫރުވާނެއިރު އދގެ އެއްބާރުލުމާއިއެކު ކެންޔާގެ ފުލުހުން އެ ސަރަހައްދުގައި ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތްތައް ފެށުމަށްވެސް ކަނޑައެޅިފައިވާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: