މެކްސިކޯގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކުރައްވަމުންދިޔަ މަސައްކަތްތައް ހުއްޓާނުލައްވާނެކަމަށް އެ ގައުމުގެ ރައީސްކަމުން ފައިބައިވަޑައިގެންނެވުމަށް ކަނޑައެޅިފައިވާ އަންޑްރެސް މެނުއެލް ލޯޕެޒް އޮބްރަޑޯރ ވިދާޅުވެއްޖެއެވެ.
ރިޕޯޓުތަކުގައިވާގޮތުން އަލަށް ރައީސްކަމާއި ހަވާލުވެވަޑައިގަތުމަށް ކަނޑައެޅިފައިވަނީވެސް މިހާރުގެ ރައީސް ލޯޕެޒްގެ ޕާޓީއަށް ނިސްބަތްވާ ކެންޑިޑޭޓެއްކަމަށެވެ. އަދި އޭނާއަކީ ލޯޕެޒް ކަނޑައެޅި ކެނޑިޑޭޓެއްކަމަށްވެސް ސިފަކޮށްފައިވާއިރު ލޯޕޭޒް ދައްކަވަމުންދާ ވާހަކަތައް މަޑުޖައްސާލުމަށް އިޝާރާތްތައް ކުރަމުންދާކަމަށްވެސް ފެނިގެންދާކެމަށާއި އެހެންމަވެސް އޭނާވަނީ ގިނަ އިސްލާހުތަކެއް ގެނައުމަށް ކަނޑައެޅިފަިއވާކަން ހާމަކޮށް އެކަން ކުރެއްވުމަށް ވައުދުވެވަޑައިގެންފައިކަމަށްވެސް ބުނެފައިވެއެވެ.
ލޯޕޭޒް ވިދާޅުވީ، ގާނޫނުއަސާސީއަށް 20 އިސްލާހެއް ގެނައުމަށް ހަމެޖެހިފައިވާކަމަށެވެ. އޭނާ މި ވާހަކަތައް ހިއްސާކުރެއްވީ މަޖިލީހުގެ އިންތިހާބުން ތިން ބައި ކުޅަ ދެ ބައި ގޮނޑިތައް ނިސްބަތްވާ ޕާޓީއަށް ކާމިޔާބުކުރެވުމާއިއެކުކަމަށްވެސް މައުލޫމާތު ޝާއިއުކޮށްފައިވާއިރު، ގާޒީންވެސް އިންތިހާބުވުން މަޖުބޫރުވާނެ އިސްލާހެއްވެސް ހިމެނޭކަމަށް ރިޕޯޓުތަކުގައިވެއެވެ.
މި ފަހުން ކުރިއަށް ގެންދިޔަ އިންތިހާބުގެ ނަތީޖާއިން ކުރިއަށް އޮތް އިންތިހާބު މެކްސިކޯގެ މޮރޭނާ ޕާޓީއަށް ކާމިޔާބުވާކަން ކަށަވަރުވާކަމަށް ބުނެފައިވާއިރު، އައު ރައީސްއަށް ވާނީ ކްލައުޑިއާ ޝެއިންބައުމްކަމަށާއި އޭނާ މިފަހުން އެންމެ ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވަނީ ޕޭސޯގެ އަގު 10 އިންސައްތައިން ދަށްވެފައިވުމުން މާލީ މުއައްސަސާތަކާއި އިންވެސްޓަރުންނާއި މަޝްވަރާކުރެއްވުމުގެ މަސައްކަތްތަކުގައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.
ކްލައުޑިއާ ވިދާޅުވީ، ލޮޕެޒް އިއުލާނުކުރެއްވި އިސްލާހުތަކަކީ ކަނޑައެޅި ނިމިފައިވާ މަސައްކަތެއް ނޫންކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެެވެންޖެހޭކަމަށްވެސް ވިދާޅުވިކަމަށްވެސް ބުނެފައިވެއެވެ. ކްލައުޑިއާ މި ވާހަކަތައް ދެއްކެވުމުގެ ކުރިން ލޯޕެޒްވަނީ އޭނާ ގެނައުމަށް މަސައްކަތްކުރާ އިސްލާހާއި ދެކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފައިކަމަށާއި އެ މީހުންނަކީ ގައުމުގައި ހައްސާސްކަން އާލާކުރާ ބައެއްކަމަށް ވިދާޅުވެފައިކަމަށް ރިޕޯޓުތަކުގައިވެއެވެ،.

