ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެލަރުސްއާއި ރަޝިއާގެ ނުފޫޒުގަދަވުން ތަހުގީގުކުރުމަށް ޕޮލަންޑުން ކޮމިޝަނެއް އެކުލަވާލައިފި!

ޕޮލަންޑުގެ ބޮޑުވަޒީރު ޓަސްކު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރަހައްދީގޮތުން ރަޝިއާއާއި ބެލަރުސްގެ ނުފޫޒުގަދަވަމުންދާ މައްސަލަ ތަހުގީގުކުރުަމށް ޕޮލަންޑުން ހާއްސަ ކޮމިޝަނެއް އެކުލަވާލައިފިއެވެ.

ރިޕޯޓުތަކުގައިވާގޮތުން ރަޝިއާ އާއި ބެލަރުސްގެ ހަރަކާތްތައް ތަހުގީގުކުރުމަށްޓަކައި ކޮމިޝަނެއް އުފެއްދެވުމަށް ނިންމެވީ އެ ގައުމުގެ ބޮޑުވަޒީރު ޑޮނަލްޑް ޓަސްކުކަމަށެވެ. އަދި އޭނަވަނީ ދާދި ފަހުން ގައުމުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ހާއްސަ ކޮމިޝަނެއް އެކުލަވާލުމުގެ މައުލޫމާތުތައް ހާމަކޮށްފައިކަމަށްވެސް ބުނެފައިވާއިރު، މި މަސައްކަތްތައް ކުރަން ފެށިފައިވަނީ ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ސަރަހައްދީގޮތުން ބޮޑެތި ކަންބޮޑުވުންތައް އުފެދިފައިވަނިކޮށްކަމަށް ބުނެފައިވެއެވެ.

ޓަސްކު އަމުރެއް ނެރުއްވީ 2004 އާއި 2024 އާއި ދެމެދު އެ ސަރަހައްދުގެ މައްޗަށް ރަޝިއާއިން އަތްގަދަކޮށްފައިވާ މިންގަނޑު ތަހުގީގުކުރުމަށްކަަމަށްވާއިރު ސައިބާރ އެޓޭކްތައް ފަދަ ކަންކަން ކުރުމުގެ ތުހުމަތު ރަޝިއާ އާއި ބެލަރުސްގެ މައްޗަށް ކުރެވޭކަމަށް ބުނެފައިވެއެވެ.

މި އަހަރު ފެށުނު އިރު ދުވާލެއްގެ މައްޗަށް ބެލަރުސްއިން ޔޫރަޕަށް ބޯޑަރު ހުރަސްކޮށް ދާ މީހުންގެ އަދަދުތައް ތިބީ އިނގިލި ބިންދައި ގުނާލެވޭ ވަރުގައިކަމަށްވާއިރު، މިހާރު މި އަދަދުތައް ހުރީ 400 އިން މަތީގައިކަމަށާއި ހިޖުރަކުރާ މީހުންގެ އަމަލުތައް ހުންނަނީ ނުރައްކާތެރި ގޮތަކަށްކަންވެސް ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: