ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އަންހެނުންގެ ރޫޚުގެ ނައިބު ރައީސް މަޤާމުން އިސްތިޢުފާ ދެއްވައިފި

އެމްޑީޕީ އަންހެނުންގެ ރޫޚުގެ ނައިބު ރައީސްގެ މަޤާމުން ސަމީރު އިސްތިޢުފާ ދެއްވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އަންހެނުންގެ ރޫޚުގެ ނައިބު ރައީސްކަމުގެ މަޤާމުން  ފާތިމަތު ސަމީރު އިސްތިޢުފާ ދެއްވައިފިއެވެ.

ސަމީރު “ އެކްސް “ ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި، އެމްޑީޕީ އަންހެނުއްގެ ރޫޚުގެ ނައިބު ރައީސްގެ މަޤާމުން މިއަދު 9 ޖޫން 2024 ވަނަ ދުވަހުން ފެށިގެން އިސްތިޢުފާ ދެއްވައިފައިވާ ކަމަށެވެ. އަދި މި ނިންމެވުން ނިއްމެވި ސަބަބަކީ ބަލިހާލަތު ހުރިގޮތުންކަމަށާއި އަދި ޒުވާން ކަނބަލުންނަށް ފުރުސަތު ދިނުން މުހިންމު ކަމަށް ޤަބޫލު ކުރެވޭތީ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ޕާޓީގެ ފަރާތުން ލިބުނު އެހީތެރިކަމާއި، ދެއްވި އެއްބާރުލުމަށް ވަނީ ޝުކުރު ދަންނަވާކަމަށާއި އަދި ބެހެއްޓީ ގާތްކަމަށް ޕާޓީގެ ހުރިހާގުނަންތަކަށާއި ޕާޓީގެ ހުރިހާ މެމްބަރުންނަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

އެކަމަނާ އިސްތިއުފާ ދިނުމާއި ގުޅިގެން ކުރީގެ އައްޑޫމީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އާދަމް “ އެކްސް “ ގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކަމަނާ ޕާޓީއަށްޓަކައި ކޮށްދެއްވި ބުރަ މަސައްކަތަަށް ޕާޓީގެ ހުރިހާ އަންހެން ބޭފުޅުންގެ ނަމުގައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި މުސްތަޤުބަލުގައި ޕާޓީއަށް ސަމީރުގެ ހިޔާލާއި ލަފާ އަބަދުވެސް ލިބޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: