ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ނޫސްވެރިކަމުގެ އިނާމު 2022/ ފޮޓޯ: އެމްއެމްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މީޑިއާ ކައުންސިލުން ގެޒެޓު ކުރި އިއުލާނުގައި ވަނީ ނޫސްވެރިކަމުގެ އިނާމަށް މިއަދުން ފެށިގެން ނަން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި ވަގުތު ހަމަވާނީ، މި މަހުގެ 30 ވަނަ ދުވަހުގެ 13:00 ގައިކަމަށް ވެސް ކައުންސިލްގެ އިއުލާނުގައި ވެއެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކަކީ ނޫސް މަޖައްލާ ކެޓަގަރީއާއި، އޯޑިއޯ ވީޑިއޯ ޖާނަލިޒަމް ކެޓަގަރީ އެވެ.

އިނާމު ދިނުމަށް ހަމަޖެހިފައިވާ ކެޓަގަރީތަކަކީ:

  • ތަޙުޤީޤީ ނޫސްވެރިކަމުގެ ދާއިރާ
  • އިޖުތިމާޢީ ދާއިރާ
  • ސިޔާސީ ދާއިރާ
  • ޝަރުޢީ އަދި ޤާނޫނީ ދާއިރާ
  • ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ
  • ކުޅިވަރުގެ ދާއިރާ
  • ފޮޓޯ ޖާނަލިޒަމްގެ ދާއިރާ
  • ވީޑިއޯ ޑޮކިއުމަންޓްރީގެ ދާއިރާ
  • ގްރެފިކްސް އާއި އިލެސްޓްރޭޝަންސްގެ ދާއިރާ
  • ފީޗަރު ރިޕޯޓުގެ ދާއިރާ
  • ތާރީޚާއި ސަގާފަތުގެ ދާއިރާ
  • މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ
  • ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާ
  • އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ
  • އުންމީދީ ނޫސްވެރިޔާގެ އިނާމު
  • އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު
  • އަހަރުގެ އެންމެ މޮޅު ކަވަރޭޖުގެ އިނާމު
  • އަތޮޅުތެރޭގެ އެންމެ މޮޅު އުފެއްދުމުގެ އިނާމު

ޖުމްލަ 18 ދާއިރާއަކުން އިނާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި އިރު، އަހަރުގެ އެންމެ މޮޅު ކަވަރޭޖަކީ އަލަށް ތައާރަފު ކުރި ކެޓަގަރީއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: